
ބ. އަތޮޅުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތު ތަކާއި ގުޅޭގޮތުން ޕޮލިސް އޯޕަން ޑޭ އެއް ބާއްވަން ނިންމައިފި އެވެ.
ފުލުހުން ބުނިގޮތުގައި މި އޯޕަންޑޭ ކުރިއަށްދާނީ މިމަހުގެ 11 އިން 12 އަށެވެ.
މި އޯޕަންޑޭގައި ބ.އަތޮޅުގެ ރަށްރަށުން ހަތަރު މީހުންނަށް ވުރެ ގިނައިން ބައިވެރިވާނަމަ، އެ ރަށަކަށް ޓީމްގެ ބޭފުޅުން ޒިޔާރަތްކޮށް މައުލޫމާތު ދިނުމާއި އަދި ޝަރުތު ހަމަވާފަރާތްތަކާއި އިންޓަވިއު ކުރުން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި އޯޕަންޑޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އޭދަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރ 9791674 ގުޅައި ނަން ނޯޓްކުރަން ފުލުހުން އެދެއެވެ.
މި މަގާމުތަކަށް ކުރިމަތިލެވޭނީ އޯލެވެލް އިމްތިހާނުން މަދުވެގެން އެއް މާއްދާއިން ފާސްވުމުގެ އިތުރުން އުމުރުން 18 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނަށެވެ.

