ބ. އަތޮޅުގެ ހުރިހާ ރަށަކަށް އަތޮޅު ކައުންސިލުން 1.4 މިލިއަން ރުފިޔާ ދީފި

ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ރަށު ފެންވަރުގެ ޕްރޮޖެކްޓައް ހިންގުމަށް، މިއަތޮޅު ކައުންސިލުން 1.4 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި އެވެ.  

ބ. އަތޮޅު ކައުންސިލުން ބުނިގޮތުގައި ބ.  އަތޮޅު ފިހާރައިގެ ކުލީގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 1,439,333.33  ރުފިޔާއިން މި އެހީ ދީފައިވަނީ ރަށްރަށުގައި މިއަހަރު ހިންގުމަށް ރާވާފައިވާ ޕްރްޖެކްޓް ނުވަތަ ޕްރޮގްރާމްތަކަށް ކައުންސިލް ތަކުން ތައްޔާރުކޮށް ހުށަހެޅި ޕްރޮޖެކްޓްތައް ހިންގުމަށެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ، ރަށު ކައުންސިލްތަކުން ހިންގާ ތަރައްޤީގެ މަޝްރޫއަކަށް އެހީތެރިވެދިނުމުގެ ގޮތުން މި އެހީ މިއަތޮޅުގެ 13 ރަށަކަށް އެއް ހަމައަކުން ލިބިގެންދާނެ ކަމަށެވެ.

އެގޮތުން މިހާތަނަށް އަތޮޅުގެ ހުރިހާ ރަށަކުން ވެސް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި ކޮންމެ ރަށަކަށް ވެސް އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ  ލިބިގެންދާނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

އަތޮޅު ފިހާރަތައް، އަތޮޅު ކައުންސިލްތަކަށް ރަޖިސްޓްރީކޮށްދީ، އެތަންތަނުން ލިބޭ ކުލި އެއްކޮށް ކައުންސިލްތަކަށް ޖަމާކޮށްދޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ނިންމެވީ މިދިޔަ އަހަރު މެދުތެރޭގަ އެވެ.

މާލޭ ނޯތު ހާބަރު ސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ލިބެމުން ނުދާތީ ބައެއް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ބައެއް އިދާރާތަކާ ބައްދަލުކޮށްފައިވެ އެވެ. އަތޮޅު ފިހާރަތައް، އަތޮޅު ކައުންސިލްތަކަށް ރަޖިސްޓްރީކޮށްދީ، އެތަންތަނުން ލިބޭ އާމްދަނީ ސީދާ އަތޮޅުތަކަށް ލިބޭ ގޮތް ހަދައިދިނުމަށް ކުރިން ވެސް އެދިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.