ފެހެންދޫ އަށް ވެސް ރައީސްގެ ގިނަ ވައުދުތަކެއް

އެ މަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރަށް ހޮވިވަޑައިގެންފި ނަމަ ބ. ފެހެންދޫގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްދިނުމަށް ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ބ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި، އާބަދީގައި 240 މީހުން ދިރިއުޅޭ މިއަތޮޅު ފުޅަދޫގައި ރައީސް ވިދާޅުވީ މި ރަށުގެ ބޮޑެތި މަގުތައް ހަދައި ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށެވެ. ގިރާ ސަރަހައްދުގައި ރިވެޓްމަންޓް ޖަހައި، އައުޓްޑޯ ޖިމަކާއި ވޮލީ ކޯޓެއް ހަދައިދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، ރާއްޖޭގެ އާބާދީ އެންމެ ކުދި ރަށްރަށުގެ ތެރޭގައި ހިމެނޭ ފެހެންދޫ ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ރަށުގައި ސަރުކާރު މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކް ހަދައިދީ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ރޯހައުސް އަޅައިދޭނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒުގެ ވަގުތު އިތުރުކޮށް، ލެބޯޓްރީ ހިދުމަތްތައް ލިބޭނެ ގޮތް ހަދައިދީ، ކޮމިޔުނިޓީ ސެންޓަރަކާއި ކުޑަކުދިންގެ ޕާކަކާއި ޑިންގީތައް އަޅަން ފްލޯޓިން ޖެޓީ އެއް ހަދައިދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ރައީސް ވަނީ ފުޅަދޫއަށް ބައެއް ކަންކަން ކޮށްދިނުމަށްވެސް ވައުދުވަޑައިގެންފަ އެވެ. އެގޮތުން އެރަށުގައި ގެންގުޅޭ ކުދި ޑިންގީތަކާއި، ކުދި ދޯނި ފަހަރު އެޅުމަށް ފްލޯޓިން ޖެޓީ އެއް ހެދުމަށާއި ރަށުގެ ޒުވާނުން އެދިފައިވާ ގޮތަށް އިންޑޯ ވޮލީ ކޯޓެއް އަޅައިދިނުމަށާއި ކޮމިއުނިޓީ ސެންޓަރެއް އަޅައިދިނުމަށާއި ކުނި މެނޭޖުކުރުމަށްޓަކައި ވޭސްޓް މެނޭޖު ސެންޓަރެއް އަޅައިދޭނެ ކަމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.