މާޅޮހުގައި ސިޓީ ހޮޓަލެއް އަޅަން ރައީސް ވައުދުވެވަޑައިގެންފި

ބ. މާޅޮހުގައި ސިޓީ ހޮޓަލެއް އިމާރާތްކޮށް، އެ ރަށުގެ ތަރައްގީ އަށް އިތުރު މަސައްކަތްތައް ކޮށްދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، މިއަދު ހެނދުނު މާޅޮހުގައި ބޭއްވި ބައްދަލުވުމުގައި  ހަނިފަރު ބޭ ބައޮސްފިއާ ރިޒާވް އޮންނަނީ މި ރަށާ ކައިރީގައިކަމުން، އެ ތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މި ރަށުގައި ތިބެވޭނެ އިންތިޒާމެއް ހަމަޖެހޭނެ މަގެއް މުހިންމު ކަމަށެވެ.

އެގޮތުން އެމަނިފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، މާޅޮހުގައި ސިޓީ ހޮޓަލެއް އިމާރާތް ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

އަދި މާޅޮހުގެ ސިއްހީ ހިދުމަތް ރަނގަޅު ކުރަންޖެހޭތީ، ސިއްހީ އާ މަރުކަޒެއް އަޅައި، ހިދުމަތްތައް އިތުރުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން، މަލްޓިޕާޕަސް ހޯލާއި އިތުރު ކްލާސް ރޫމް ހަދައި، ބޮޑު އާ މިސްކިތެއް އިމާރާތް ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

އަދި ޒުވާނުން ބޭނުންވާ ފުޓްސަލާއި ފުޓްބޯޅަ ދަނޑު އަޅައި ފެންބޮޑުވާ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ރަށު މީހުން ދާނެ ޕިކްނިކް އައިލެންޑެއް ތަރައްގީ ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތެވެ.

ރައީސް މިއަދު ވަނީ މާޅޮހުގަިއ މަސަރުކާރުން ކުރިއަށްގެންދި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ ނިންމުން ފާހަގަކޮށްފަ އެވެ. އަދި އެ ރަށަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަން، ބަނދަރުގެ މައްސަލަ ހައްލުކުރަން ވެސް ވަނީ ހަވާލުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.