
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވެސް އޭދަފުށީ ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މަޝްހޫރު ވިޔަވާރިވެރިޔާ އަހްމަދު ސަލީމް ވިދާޅުވި އޭނާ މަޖިލީހަށް ކުރިމަތިލައްވަން ނިންމެވީ މި ދާއިރާގައި ދެމި ހުންނެވުމަކީ ދާއިރާގެ ގިނަ ބައެއްގެ އެދުމަކަށްވާތީ ކަމަށެވެ.
2009 ވަނަ އަހަރުން ފެށިގެން ސަލީމު އަންނަނީ އޭދަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުންނެވެ. ފުރަތަމަ ދައުރުގައި އަމިއްލަ ގޮތުން ވާދަކުރައްވައިގެން ގޮނޑި ކާމިޔާބުކުރެއްވި އިރު، މިދިޔަ ދެ ދައުރުގައި ވެސް އޭނާ މަޖިލީހަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓްގަ އެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުން އޭދަފުށި ދާއިރާގައި އޮންނާނީ އޭދަފުށި އެކަންޏެވެ.
މަޖިލިސް އިންތިހާބު ބާއްވާ ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ.


Adhives Saleem , dhenves hovaany Saleem