ބ. ދޮންފަނު ބަނދަރު ސަރަހައްދުގައި ދޮންފަނު ރަމްޒުކޮށްދޭ މޮނިއުމެންޓް ޑިޒައިންކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ދޮންފަނު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ރަށުގެ ބަނދަރު ސަރަހައްދުގައި ދޮންފަނު ރަމްޒުކޮށްދޭ މޮނިއުމެންޓް ޑިޒައިންކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
ހުށަހަޅާ މޮނިއުމަންޓް ޑިޒައިންތަކުގެ ތެރެއިން އެ ކައުންސިލަށް އެންމެ ކަމުދާ ޑިޒައިން ހުށަހަޅާ ފަރާތަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދޮންފަނު ރަމްޒުކޮށްދޭނެ މޮނިއުމަންޓު ޑިޒައިން ކުރަން ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފަރުމާ އެ ކައުންސިލްގެ މެއިލް އެޑްރެހަށް ([email protected]) މެއިލް ކުރެއްވުމަށް އެ ކައުންސިލުން އެދެއެވެ.