
އުރީދޫ ޑްރޯން ރޭސްގެ ސްކައި ވޯކާ ކެޓަގަރީގެ ކޮލިފައިން ބުރު ނިމިއްޖެ އެވެ.
އުރީދޫން ބުނީ ސްކައި ވޯކާ ކެޓަގަރީއަށް ރަޖިސްޓްރީވުމުގެ ފުރުސަތު 30 ޕައިލެޓަކަށް ދީފައިވާއިރު، ކޮލިފައިން ރައުންޑުން މޮޅުވެ ފައިނަލް ބުރުން ޖާގަ ހޯދާފައިވަނީ 9 ޕައިލެޓުން ކަމަށެވެ.
ސްކައި ވޯކާ ކެޓަގަރީގެ ޑްރޯން ޕައިލެޓުން ވަނީ ރޭސް ކޯހުގެ ތެރޭގައި ބަހައްޓާފައިވާ އޮބްސްޓެކަލް ހޫޕްތަކުގެ ތެރެއިން ޑްރޯންތައް ދުއްވާ ޕައިލެޓުންގެ ހުނަރު ދައްކާލާފަ އެވެ. މީގެ ތެރޭގައި އުމުރުން 13 އަހަރުގެ ޑްރޯން ޕައިލެޓެއްވެސް ވަނީ ކޮލިފައިން ރައުންޑްގައި ބައިވެރިވެ ފައިނަލަށް ގޮސްފަ އެވެ.
އުރީދޫ ޑްރޯން ރޭސްގެ ފައިނަލް އޮންނާނީ އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ފައިނަލް ރޭހުގައި ދެ ޑައިނަމިކް ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ގެ ޕައިލެޓުން ބައިވެރިވާނެ އެވެ. މި ދުވުމަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ދުވުން ނިންމުމަށް ބައިވެރިން ވާދަކުރާ ދުވުމެކެވެ.
އުރީދޫ ޑްރޯން ރޭސް 2023 ގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީގެ ބައިވެރިން ވާދަކޮށް 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން:
ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:
1 ވަނަ އިނާމު: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) އެއް
2 ވަނަ އިނާމު: 5ޖީ އެއަރފައިބަރ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ)
3 ވަނަ އިނާމު: 2000 ރުފިޔާގެ މޫލީ ވައުޗަރ
ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:
1 ވަނަ އިނާމު: ޑީޖޭއައި މިނީ 2 އެސްއީ އެއް
2 ވަނަ އިނާމު: 5ޖީ އެއަރފައިބަރ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ)
3 ވަނަ އިނާމު: 1000 ރުފިޔާގެ މޫލީ ވައުޗަރ

