އުރީދޫ ލަކީޑްރޯގެ ނަސީބުވެރިޔާ ޕެރިހަށް ފުރައިފި

އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ގުޅިގެން ބޭއްވި ލަކީޑްރޯ “ފްލައި ޓު ޕެރިސް ވިތް އުރީދޫ”ގެ ނަސީބުވެރިޔާ އިއްޔެ ޕެރިހަށް ފުރައިފިއެވެ.

އުރީދޫން ބުނީ މި ލަކީޑްރޯއަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު 18އިން މިދިޔަ ޑިސެންބަރުގެ 31ގެ ނިޔަލަށް އުރީދޫގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑް ކުރި ކަސްޓަމަރުންނަށާއި އުރީދޫގެ ނެޓްވޯކާ އަލަށް ގުޅުނު ކަސްޓަމަރުންނަށް ކުރިއަށް ގެންދިޔަ ލަކީޑްރޯއެއް ކަމަށެވެ.

މި ދަތުރުގައި ނަސީބުވެރި ފަރާތާއެކު އުރީދޫ ޓީމުގެ ދެ މެންބަރުން ވެސް ބައިވެރިވިވެފައިވެއެވެ. އުރީދޫ ޓީމުގެ ދެ ބައިވެރިންނަކީ މި ލަކީޑްރޯއާ ގުޅުވައިގެން އެ ޚިދުމަތުގެ ސްޓާފުންގެ މެދުގައި ބޭއްވި މުބާރާތުން މޮޅުވީ ދެ ބައިވެރިން ކަމަށް އުރީދޫން ބުންޏެވެ.

ލަކީޑްރޯގެ ނަސީބުވެރިން ޕެރިހަށް ފުރުން — ފޮޓޮ/ އުރީދޫ

ލަކީޑްރޯގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި ދެ ރެއާއި ތިން ދުވަހަށް ފުލް ބޯޑާއެކު އެކޮމޮޑޭޝަން ލިބޭނެއެވެ. އޭގެއިތުރުން، ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގެ އުރީދޫ ވީއައިޕީ ލައުންޖުން ޕީއެސްޖީއާއި ލިޔޯން މެޗް ބެލުމުގެ ފުރުސަތު ވެސް ނަސީބުވެރި ފަރާތަކަށް ވަނީ ދީފައެވެ.

މިގޮތުން، ޕެރިހުގައި ޕީއެސްޖީއާއި ޓުލޫސް މެޗް ލައިވްކޮށް ބަލާލުމުގެ ފުރުސަތު ކުރިއަށް ގެންދިޔައީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ހުޅުވާލައިގެން ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫއިން ބުނީ ޕެރިސް ސެއިންޓް ޖާމަންއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.