
ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީން މި އަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ރަށްތައް ސަރުކާރުން ކަނޑައަޅައި މިއަދު އިއުލާންކޮށްފި އެވެ.
އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހާ ހަމަޔަށެވެ.
އެ ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމަށް މިނިސްޓްރީން ނިންމާފައިވަނީ އުތުރުން ރ. އުނގޫފާރާއި މެދުރާއްޖެ ތެރެއިން ދ. ކުޑަހުވަދޫގެ އިތުރުން ދެކުނުން ގއ. ވިލިނގިލީގަ އެވެ.
މިނިސްޓްރީން ބ ުނިގޮތުގައި
މިނިސްޓްރީން ބުނިގޮތުގައި ރަށްތައް ކަނޑައެޅުމުގައި ރަށްތައް ކަނޑައެޅުމުގައި ބަލާފައިވާނީ އެ ރަށަކުން އީދުގައި ކުޅޭނެ ކުޅިވަރުތަކާއި ކައުންސިލުން އެކަމަށް ކުރާނެ ހަރަދުތަކާއި އަގަކާ ނުލައި އެ ރަށަކުން ކުރާނެ ކަންތައްތަކަށެވެ.
މި އަހަރުގެ ބޮޑު އީދު ދުވަހަކީ ޖޫން 17 އެވެ.

