
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހަވީރު އޭދަފުށީގައި ވެސް ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.
އޭދަފުށީ ކައުންސިލުން އިއްޔެ އާއްމުކުރި އެންގުމެއްގައި ބުނީ، ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންވެ އެ ވަގުތު އޭދަފުށީގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ވާނެ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

