އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް މާދަމާ ފަށަނީ

ރާއްޖެ އާއި ގަތަރުގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގެ ފުރަތަމަ މުބާރާތް މާދަމާ ފަށާނެއެވެ.

މި ހަރަކާތުގައި 3 ކުޅުންތެރިންގެ ޓީމުތަކުގެ ވަރުގަދަ މެޗުތައް ހިމެނޭއިރު، ހުނަރާއި ސްޓްރެޓެޖީ އަދި ޓީމްވޯކްގެ ގެ ވަރުގަދަ ކުޅުމެއް ފެނިގެންދާނެއެވެ. އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވޭ މި މުބާރާތުގައި ޗެމްޕިއަން ޓީމަށް 1919 ޑޮލަރުގެ އިނާމެއް ވަނީ ހުށައެޅިފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އޮގަސްޓް މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހު ފަށާއިރު ޕްލޭއޮފް މެޗުތައް ނިމޭނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް މެޗުތައް ލައިވްސްޓްރީމް ކުރުމަށްވަނީ ހަމަޖެހިފައެވެ. ގޭމަރުންނާއި ސަޕޯޓަރުންނަށް ހުރިހާ މެޗުތަކެއް ލައިވްކޮށް ބަލާލެވޭނެ އެވެ.

މި އިވެންޓަކީ އުރީދޫ ނޭޝަންގެ ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތް، އަދި މި މުބާރާތަކީ އީސްޕޯޓްސް ކޮމިއުނިޓީއެއް ކުރިއަރުވައި، ގޭމް ކުޅޭ ފަރާތްތަކަށް ދުނިޔޭގެ މައިދާނުގައި ވާދަކުރެވޭނެ ޕްލެޓްފޯމެއް ފަހިކޮށްދިނުމުގެ އަޒުމުގައި ބޭއްވޭ ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ މި ހަރަކާތާ މެދު ވިދާޅުވީ، އުރީދޫގެ ފުރަތަމަ ބައިނަލްއަގްވާމީ އީސްޕޯޓްސް މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް ރާއްޖެ އަދި ގަތަރުގެ ޓީމުތަކުގެ މެދުގައި ބޭއްވޭކަމީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ.

“މިއީ ކުރިއަރަމުން އަންނަ އީސްޕޯޓްސް ކޮމިއުނިޓީއަށް އެހީތެރިކަން ފޯރުކޮށްދީ، މި ކޮމިއުނިޓީ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެކެވެ. އަދި ރާއްޖެއާއި ގަތަރާ ދެމެދު އޮތް އެކުވެރިކަމުގެ ވާދަވެރިކަމުގެ ރޫހާއި، ހިތްގައިމު ގޭމްޕްލޭއެއް ފެނިގެންދާނެ ކަމަށް އުއްމީދު ކުރަން،” .

އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގައި ބައިވެރިވާ ޓީމުތަކުގެ ހުނަރުވެރިކަމާއި ޑެޑިކޭޝަނަށް މި މުބާރާތުގެ ތެރެއިން ފެނިގެންދާނެއެވެ. އަދި މިއީ އުރީދޫއިން ގެނެސްދޭ ޑިޖިޓަލް އިނޮވޭޝަން އަދި ކަނެކްޓިވިޓީ ކުރިއެރުވުމަށް އުރީދޫއިން ކުރާ މަސައްކަތްތަކުގެވެސް ހެއްކެކެވެ. އެކި ސަރަޙައްދުތަކުގެ ކުޅުންތެރިންނާއި ސަޕޯޓަރުން އެއްތަނަކަށް ގެނެސް، އުރީދޫއިން އަންނަނީ އީސްޕޯޓްސްގެ ދުނިޔޭގައި މުޖުތަމައުއާއި ބައިވެރިވުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ..

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.