އުރީދޫގެ މަސްރޭހުން އެއްވަނަ ސިފްކޯ އަށް

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 – ކ. ހިންމަފުށީގެ ޗެމްޕިއަންކަން ޓީމް ސިފްކޯއިން ހޯދައިފި އެވެ

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މަސްރޭސް ވަނީ އިތުރަށް ކުލަގަދަކޮށް ގެންދިއުމަށް ހިންމަފުށީގެ އިތުރުން ޅ. ނައިފަރު އަދި ގދ. ތިނަދޫގައި ބާއްވާ ގޮތަށް ހަމަޖައްސާފަ އެވެ.

ހިންމަފުށިން މަސްރޭހަށް ރެޖިސްޓަކުރި 21 އަށް ވުރެ ގިނަ ޓީމާ އެކު އެ ރަށުގައި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހު އެވެ. ޓީމުތަކުގެ މެދުގައި ވާދަވެރި މަސްވެރި ކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓީމުތަކަށާއި މަސްވެެރިންނަށް ހާއްސަ އެވޯޑުތައް ވަނީ ދީފަ އެވެ.

  • ޗެމްޕިއަން ޓީމް – 999.35 ޕޮއިންޓާ އެކު ޓީމް ސިފްކޯ
  • ދެ ވަނަ ޓީމް – 807.85 ޕޮއިންޓާ އެކު ގޯޅިއަންސް ސްޕޯޓްސް ކްލަބް
  • ތިން ވަނަ ޓީމް – 608.1 ޕޮއިންޓާ އެކު ޓީމް ޑިޓިއުން ފިޝިން
  • އެންމެ ބަރު މަސް – ހަސަން ނައީމް، މާސްޓަކްލާސް (37.7 ކިލޯގެ ފާނައެއް)
  • އެންމެ މޮޅު ކެޔޮޅު (ފިރެހެން) – ހަސަން އައްޒާމް، ގޯޅިއަންސް ސްޕޯޓްސް ކްލަބް (25 މަސް)
  • އެންމެ މޮޅު ކެޔޮޅު (އަންހެން) – ފާތިމަތު ފެޒްލީން، ޑިޓީއުން ފިޝިން (17 މަސް)

އުރީދޫ މޯލްޑިވްސްގެ ޓީމާ އަދި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން ހިންމަފުށީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ހޫނު މަރުހަބާއެއް ކިޔަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.