އޭދަފުށީ ރައްޔިތުންގެ ޝަކުވާތަކާއި އުދާސްތަކުން ބައްދަލުވުން ހޫނުވެއްޖެ!


އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅާނެކަމަށް ބުނެ، ކައުންސިލުން ވެސް ދައްކަނީ ހުވަފެންތަކެއް ކަމަށާއި، ގޯތި ދޫކުރުމުގެ ކަންތަކުގައިވެސް ރައްޔިތުން މާޔޫސްވަމުންދާކަމަށް ބުނެ، ކަންބޮޑުވުންތަކާއި ޝަކުވާތައް އޮއްސާލުމުން ބައްދަލުވުން ހޫނުވެއްޖެ އެވެ.


ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވަން، އޭދަފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ 1000 ހައުސިން ޔުނިޓާ ގުޅޭ ގޮތުން ފޮނުވާފައިވާ ދެ ކޮންސެޕްޓް ފައިނަލު ކުރުމަށާއިކުރުމަށް ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދުމަށް ރަށު ކައުންސިލުން ރޭ ވަނީ ރައްޔިތުންނާ ބައްދަލުކޮށްފަ އެވެ.
ބަހިއްޔާ ޕްރީ ސްކޫލުގެ ހޯލުގައި ރޭ ބޭއްވި ބައްދަލުވުމުގައި، 60 ވަރަކަށް އާއްމުން ބައިވެރިވި އެވެ.


އެއް ބައްދަލުވުމުގައި ބައިވެރިވި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރީ ގޯއްޗަށް އެދިފައިވާ 583 މީހުންގެ ފޯމްތައް އިވެލުއޭޓް ކުރަންފެށިތަނާ، ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ރަސްމީ ލިޔުމެއްނެތި، ފްލެޓާ އަޅާގޮތުގެ ދެ ކޮންސެޕްޓެއް ދައްކައި އެ މައުލޫމާތު ހިއްސާ ކުރަށް ފެށުމުންނެވެ.

އެގޮތުން ގޯތި ދޭން ކަނޑައަޅާފައިހުރި ބިމަށް، ފްލެޓްގެ ބައެއް ޓަވަރުތައް އަރާގޮތަށް ހުރުމުން އެއިން އެއްވެސް ޕްލޭނަކަށް އެއްބަސް ނުވެވޭނެކަމަށް ބުނެ، ޝަކުވާ ކުރިއެވެ.

އެކަކު ބުނިގޮތުގައި މިރަށުގައި އެތައް ސަތޭކަ އާއިލާއެއް ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައެވެ. އެހެންވެ، ގޯތި ދޫކުރުމަށް ނިންމާފައިވާ އެއްވެސް ސްލޮޓަކަށް ބަދަލު ނުގެނަސް އަވަހަށް ގޯތި ދޫކުރުމުގެ ކަންތައް ނިންމަން އޭނާ ބުންޏެވެ.

“އަޅުގަޑަށް ހީވަނީ މީހަމަ (ފްލެޓްއެޅުން) ހިޔާލީ ވާހަކައެއް ހެން އިނގޭތޯ؟ އެކަން ވަރަށްބޮޑަށް ފާހަގަވޭ، އަޅުގަނޑުގެ ނިންމުމަކީ އެއްވެސް ސްލޮޓަކަށް ބަދަލުނުގެނަސް އަވަހަށްގޯތި ދިނުން، ވީހާވެސް އަވަހަކަށް އެކަން ނިންމަންވީ، މިހާރު ތިން ކުދިން ހަތަރު ކުދިން 5 ފޫޓް ގޮދަނޑިއަކަށް ލައިގެން މި ނިންދަވަނީ،”

ރައްޔިތުންގެ ބައެއް ޝަކުވާތަކަށް ޖަވާބު ދެއްވަމުން ކައުންސިލުގެ ނައިބް ރައީސް އަލީ ޝަފީގު ވިދާޅުވީ، ރަސްމީ ލިޔެކިޔުމެއްނެތި، ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ކުރަން ނިންމީ، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ކުރިން މިކަމަށް ތައްޔާރުވެ ތިބުމަށެވެ.

“އަޅުގަނޑުމެން މާދަމާވެސް ފުރަން ތައްޔާރުވުމުގެ ކުރިން އެބަޖެހޭ ފޮއްޓަށް އެއްޗެހި އަޅަން، އަޅުގަނޑުމެން އެބަޖެހޭ ކުރީ ބައިގައި ރައްޔިތުންނާ ބައްދަލުކޮށް މިކަމުގެ ޚިޔާލާ މަޝްވަރާ އަކީ ކޮބައިތޯ؟ މާދަން ފުރަން ވިޔަސް މިރޭ އަންގާނީ އެޕޮއިންޓްމަންޓް ލިބިފައޭ އޮތީ، އޭރުން އަޅުގަނޑުމެންނަށް ނޯވެ ރައްޔިތުންނާ ބައްދަލުކުރެވޭކަށް،”

މި ބައްދަލުވުން ނިންމާލުމާއެކު ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ފްލެޓް އަދި ގެވަޅު ކަންތަކުގައި ވަކިގޮތެއް ނިންމުމަށްފަހު ނޫނީ ބޭރަށް ނުނިކުމެވޭނެކަމަށް ބުނެ، ހޯލުގެ ދޮރު ތަޅުލައިފަ އެވެ. އެވަގުތު ހޯލް ތެރޭގައި ކައުންސިލަރުންނާއި ކައުންސިލުގެ މުވައްޒަފުން އަދި ބައެއް އާއްމުން ނުނިކުމެވި ތާށި ވުމުން އެންމެފަހުން ދޮރު ހޮޅުވީ ފުލުހުންގެ އެހީތެރިކަމާއެކުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.