ގޯތި ދިނުން ލަސްވާތީ މިރޭ ވެސް އިހުތިޖާޖަށް

އޭދަފުށިން ގޯތިދިނުން ލަސްވާތީ، އެކަމާމެދު ހިތްހަމަނުޖެހިގެން މިރޭ ވެސް އޭދަފުށީގެ މަގުތަކުގައި ބައެއް އާއްމުން ނުކުމެ، އިހްތިޖާޖް ކުރަމުން އެބަގެންދެ އެވެ.

މިރޭ ވެސް މުޒާހަރާގައި ހިތްހަމަނުޖެހުމުގެ ޝުއޫރު ފާޅު ކުރަމުން އަންނައިރު، އެ މީހުން ހިފައިގެން ތިބި ބައެއް ޕޯސްޓަރުތަކުގައި ރައްޔިތުންގެ ހައްގު ނިގުޅައިގަނެ، ކައުންސިލުން އިހުމާލުވެއްޖެ ކަމަށްބުނެ، ބޯހިޔާބަހިކަން އަވަސްކޮށްދިނުމަށް އަންނަނީ ގޮވާލަމުންނެވެ.

މީގެ އިތުރުން ހުރިހާ ކައުންސިލަރުންނާއި ކައުންސިލުގެ ރައީސްގެ އިސްތިއުފާއަށް ވެސް ދަނީ ގޮވަމުންނެވެ.

އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މީގެ 13 އަހަރު ކުރިން މިރަށުގެ ބިން ހިއްކާފައި އޮތަސް އަދިވެސް އޭދަފުށީ ކައުންސިލަށް މިރަށުން ގޯތި ދޫކުރެވޭ ގޮތް ނުވުމެވެ.

ގޯތި މައްސަލައިގައި މިރަށުގެ މަގުތަކުގައި އިހްތިޖާޖް ކުރަން ފަށާފައި މިވަނީ ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވަން، އޭދަފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ 1000 ހައުސިން ޔުނިޓާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދުމަށް ރަށު މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމަށްފަހު އެވެ.

އެ ބައްދަލުވުމުގައި އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅާނެކަމަށް ބުނެ، ސަރުކާރާއި ކައުންސިލުން ވެސް ދައްކަނީ ހުވަފެންތަކެއް ކަމަށާއި، ގޯތި ދޫކުރުމުގެ ކަންތަކުގައިވެސް ރައްޔިތުން މާޔޫސްވަމުންދާކަމަށް ބުނެ، ކަންބޮޑުވުންތަކާއި ޝަކުވާތައް ވަނީ އޮއްސާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.