
އޭދަފުށީގައި އަލަން ހަދާ ބަނދަރުގެ މަސައްކަތް ކުރިއަށްދާތީ އާއްމު ފަރާތްތަކުން އެ ސަރަހައްދަށް ވަދެ ނޫޅުމަށް ކައުންސިލުން އަންގައިފި އެވެ.
އޭދަފުށި ކައުންސިލުން ނެރެފައިވާ އެންގުމެއްގައި ބުނީ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް އާންމު ފަރާތްތަކުން ވަނުމާއި، އެ ސަރަހައްދަށް މޫދަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.
ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވި ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.
“ބަނދަރު ހެދުމުގެ މަސައްކަތުގައި ބޮޑެތި މެޝިނަރީތައް ބޭނުންކުރެވޭތީ، ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުޞަތު އެބައޮތް. އެހެންވީމާ، ރައްޔިތުން މި ކަމަށް ސަމާލުވެ، އަޅުގަނޑުމެންގެ އިރުޝާދުތަކަށް ތަބާވުމަކީ ވަރަށް މުހިންމު ކަމެއް،” އޭނާ ވިދާޅުވިއެވެ.
ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މަޢުލޫމާތު ދެމުން، ފާތިހު ވިދާޅުވީ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ.
“މިހާތަނަށް މި މަސައްކަތުގެ ތެރެއިން ފަޅު ފުޅުންކުރުމުގެ ބޮޑުބައެއް ވަނީ ނިމިފައި،”

ބ. އޭދަފުށީ ހުޅަނގު ފަރާތުގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބަނދަރުގެ އަމަލީ މަސައްކަތް 67.67 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން، 304,28 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 3354 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. އަދި 170 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 383 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި މޫރިންގ ބޯއީސް ހަރުކުރުން ހިމެނެއެވެ.
މީގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 1814 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި ކާރބްސް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
އޭދަފުށީ އާ ބަނދަރުގެ ހުރިހާ މަސައްކަތެއް 450 ދުވަހުގެ ތެރޭގައި އެމްޓީސީސީން ނިންމަން ޖެހެއެވެ.


ކޮންމެ ވެރިކަމެއްގަ ވެސް ތިޔަ ރަށު ބަނދަރު ހަދަންޖެހޭތަ. އަތޮޅުގެ އެހެން ރައްރަށުގަ މިއުޅެނީ ޗަކަސްފެން ބޮއެގެން. ހުރިހާ ކަމެއް ތިޔަރަށައް