ބ. އަތޮޅު ފުލުހުންގެ އެކްޝަން ޕްލޭނާއި ރެކްރިއޭޝަން ކްލަބު އިފްތިތާހުކޮށްފި

ބ. އަތޮޅު ޕޮލިސް އެކްޝަން ޕްލޭން 2024-2025 އިފްތިތާހް ކުރުމާއި ބ.އަތޮޅު ޕޮލިސް ރެކްރިއޭޝަން ދެވަނަ ދައުރަކަށް އިފްތިތާހްކުރުމުގެ ހަފްލާ ރޭ ބާއްވައިފިއެވެ.

ބ. އަތޮޅު ޕޮލިސް އެކްޝަން ޕްލޭން 2024-2025 އިފްތިތާހްކޮށްދެއްވާ، ހަފްލާ ޝަރަފުވެރިކޮށްދެއްވީ ބ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާހް އެވެ. ރޭގެ ހަފްލާގައި ޝަރަފްވެރި މެހްމާން ވަނީ ޕްލޭން އިފްތިތާކުރުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ

ބ. އަތޮޅު ޕޮލިސް ރެކްރިއޭޝަންގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމެޓީން ކޮށްދެއްވާފައިވާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ރޭގެ ހަފްލާގައި ސެޓްފިކެޓް ދީފައިވެއެވެ. އެފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކުރިން ބ.އަތޮޅު ކޮމާންޑަރުކަން ކޮށްދެއްވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޚަލީލް އެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަންގައި ބޭއްވި ރޭގެ ހަފްލާގައި އެކްޝަން ޕްލޭން އާއި ބެހޭގޮތުންނާއި ބ.އަތޮޅު ޕޮލިސް ރެކްރިއޭޝަން ކްލަބުގެ ފުރަތަމަ ދައުރުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން ބ.އަތޮޅު ޕޮލިސް ރެކްރިއޭޝަންގެ ދެވަނަ ދައުރަށް އިފްތިތާހް ކުރުމާއި ދެވަނަ ދައުރުގެ ލަވަ އިފްތިތާހު ކުރުން އޮތެވެ. ދެވަނަ ދައުރުގެ ހިންގާ ކޮމެޓީގެ މަގާމްތަކަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ ބ.އަތޮޅު ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަފްރާ އާދަމްއެވެ.

ދެވަނަ ދައުރުގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ މިހާރުގެ ބ.އަތޮޅު ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަފްރާ އާދަމްއެވެ.

އާ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ހޮވުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ރައީސް: ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ލިސާން އަބޫބަކުރު
  • ނައިބު ރައީސް: ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު މަދީން
  • ޖެނެރަލް ސެކްރެޓަރީ: ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އުމައިރު މުސްތަފާ
  • އިވެންޓް މެނޭޖަރ: ސީނިއަރ ސާޖަންޓް އަލީ އަމީން
  • ލާރނިންގ އެންޑް ޑިވެލޮޕްމަންޓް މެނޭޖަރ: ސާޖަންޓް އިބްރާހީމް ހާފިޒް
  • ހަޒާންދާރު: ސާޖަންޓް ސާއިދު އަބޫބަކުރު

މި ހަފްލާއަކީ ބ. އަތޮޅުގެ ފުލުހުންގެ ޚިދުމަތުގެ ކުރިއެރުމަށާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އިތުރުކުރުމަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.