ބީއެމްއެލްއިން އިންޓާންޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއް އަހަރުގެ މުއްދަތަށް ބީއެމްއެލްއިން ހިންގާ ޕްރޮގްރާމެކެވެ. ބީއެމްއެލްއިން ބުނީ މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބޭނެ ކަމަށެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ބީއެމްއެލް އާއި އެހެން މާލީ އިދާރާތަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ހާމަކުރިއެވެ.

އިންޓާންޝިޕްގައި ބައިވެރިވުމުގެ ޝަރުތުތައް:

  • ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން
  • އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ވަޒީފާއެއް އަދާކޮށްފައި ނުވުން
  • ކިޔަވަމުންދާ ނުވަތަ ކިޔެވި ކޮލެޖަކީ ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވެފައިވާ ކޮލެޖަކަށްވުން

ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު:
ބީއެމްއެލްއިން ބުނި ގޮތުގައި މި އިންޓާންޝިޕް މުއްދަތުގައި ބައިވެރިންނަށް ދެވޭ ތަޖުރިބާއާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް މުސާރައިގެ ގޮތުގައި މަހަކު 6,000 ރުފިޔާ އާއި ރޯދަ ބޯނަހާއި ޕެއިޑް ލީވް ވެސް ލިބޭނެއެވެ.

މި އިންޓާންޝިޕަށް އެދި ހުށަހެޅޭނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.