އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިހުރި ތަކެތި ނަގަން ކައުންސިލުން ނުކުމެއްޖެ

ބ. އޭދަފުށީގެ ވަށައިގެންވާ އެކި ސަރަހައްދުތަކާއި އާންމު ތަންތަނުގައި ކައުންސިލުގެ ހުއްދަނެތި، ގަވާއިދާ ޚިލާފަށް ބަހައްޓާފައިހުރި ތަކެތި ނަގަން އެންގުމުން ވެސް ނުނެގުމުން، ރަށު ކައުންސިލުން ނުކުމެ އެ ތަކެތި ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

އޭދަފުށީގެ އެކި ސަރަހައްދުތަކުގައި ކައުންސިލުގެ ހުއްދަނެތި ބަހައްޓާފައިހުރި ތަކެތި ނަގަން އެންގީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެކަމަށް ކައުންސިލުން ދިން މުއްދަތު ހަމަވުމުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ކައުންސިލުން ވަނީ ރަށުގެ އާންމު އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ތަކެތި ނެގުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފައެވެ.

ރަށުގެ އެކި ސަރަހައްދުތަކުގައި މިގޮތަށް ތަކެތި ބެހެއްޓުމުގެ ސަބަބުން އެ ސަރަހައްދުތައް ވަރަށް ބޮޑަށް ގޮނޑުވެ، އާންމުންނަށް އުނދަގޫތައް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ.

އޭދަފުށީގެ އާންމު ތަންތަނުގައި ކައުންސިލުގެ ހުއްދަނެތި ބަހައްޓާފައިވާ ތަކެތި ނަގަން ކައުންސިލުން ނުކުތްއިރު، ކައުންސިލުން މިހާރު ވަނީ މިގޮތަށް ރަށުގެ މަގުތަކުގައި ބަހައްޓާފައިހުރި ތަކެތި ނަގައި މަގުތައް ސާފުކޮށްފައެވެ.

މި މަސައްކަތުގެ ސަބަބުން ރަށުގެ އާންމު ސަރަހައްދުތައް ސާފުތާހިރުވެ، މަގުތަކުގައި ދުއްވާ އުޅުމަށް ހުރި ހުރަސްތައް ނައްތާލެވި، ރަށުގެ މަންޒަރު އިތުރަށް ރީތިވެގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.