
ރ. އަދި ބ. އަތޮޅަށް ފުޅާ ދާއިރާއެއްގައި ފެރީގެ ޚިދުމަތް ދެމުން އަންނަ ނަޔާ ފެރީ ސާވިސްއިން މާލެއާއި އޭދަފުށްޓާ ދެމެދު ކުރާ ދަތުރުތަކަށް އޮފާއެއް ތަޢާރަފުކޮށްފިއެވެ.
މި އޮފާގެ ދަށުން އަންނަ ހޯމަ ދުވަހު މާލެއިން ރ. އަތޮޅާއި ބ. އަތޮޅަށް، އަދި އެ އަތޮޅުތަކުން މާލެއަށް ކުރާ ދަތުރުތަކުގެ ޓިކެޓު އަގަކީ އެންމެ 100 ރުފިޔާއެވެ.
ނަޔާ ފެރީގެ މި ޚާއްޞަ އޮފާ އާ އެކު، ގިނަ ބަޔަކަށް އަންނަ ހޯމަ ދުވަހު ހެޔޮ އަގެއްގައި ދަތުރުތައް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނުވަތަ ޖާގަ ރިޒާވްކުރެއްވުމަށް 9888117، 9828295، 7959925 ނުވަތަ 9955959 އަށް ގުޅުއްވުމަށް ނަޔާ ފެރީ ސަރވިސްއިން އެދިފައިވެއެވެ.
ނަޔާ ފެރީ ސާވިސްއިން އޭދަފުށްޓާއި މާލެއާ ދެމެދު ދަތުރުތައް ފަށާފައިވަނީ މަހު ތެރޭގަ އެވެ. ޚާއްޞަ ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ނަޔާ ފެރީ ސާވިސްއިން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ތެލެސީމިއާ ކުދިންނަށާއި، އަދި ޙައްޖާއި ޢުމްރާ އަޅުކަން އަދާކުރުމަށް ދާ ފަރާތްތަކަށް ހިލޭ ދަތުރު ހަމަޖައްސައިދެ އެވެ.

