
ރާއްޖޭގައި މިވަގުތު ހުރި އެންމެ އެންމެ ފުންނާބު އުސް އެއް މޯޓިވޭޝަނަލް ސްޕީކަރ ހުސައިން އަފީފު މިއަދު ބ. އޭދަފުށީގައި ޚާއްޞަ ލެކްޗަރެއް ދެއްވައިފިއެވެ.
“މުސްތަޤްބަލުގެ މަސައްކަތަށް ބޭނުންވާ ލީޑަޝިޕް ހުނަރުތައް” މި މައުލޫއަށް ކުރިއަށްދިޔަ މި ލެކްޗާއަކީ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާ އުއްމީދުތަކެއް ގެނެސްދިން ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވުނެވެ.
ފޭލި ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތުގައި، އޭދަފުށީގެ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންގެ އިތުރުން، ބ. އަތޮޅުގެ ޑަބްލިއުޑީސީތަކާއި ކައުންސިލުތަލުގެ ބައެއް މެންބަރުން ބައިވެރިވިއެވެ.

ހެނދުނު 9:30 އިން 12:30 އަށް އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ކުރިއަށްދިޔަ މި ލެކްޗަރުގައި އަފީފު އަލިއަޅުވާލެއްވީ:
- ޓީމްވޯކާއި ލީޑަރޝިޕްގެ ގުޅުން
- އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުމުގެ ބޭނުން
- ދެމެހެއްޓެނިވި ތަރައްޤީއަށް ލީޑަރުންގެ ދައުރު
- އާ ޓެކްނޮލޮޖީއާއެކު މަސައްކަތްކުރުމުގެ މުހިންމުކަން
މޮރިޝަސްގެ ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ ރީޖަނަލް ޑިރެކްޓަރުގެ މަޤާމުގައި ހުރި އަފީފުގެ ތަޖުރިބާތަކުން ޒުވާނުން ވަރަށް ބޮޑަށް މުއްސަނދިވެގެންދިޔަ ކަމަށް ބައިވެރިން ފާހަގަކުރިއެވެ.

“މިއީ އަޅުގަނޑުމެންގެ ވިސްނުން ތާޒާކޮށްލި ވަރަށް މުހިންމު ބައްދަލުވުމެއް،” ބައްދަލުވުމަށް ފަހު ބައިވެރިއަކު ބުންޏެވެ.
މި ލެކްޗާކީ އޭދަފުށީގައި މިފަދަ ފެންވަރުގެ ހަރަކާތެއް ބޭއްވުނު ފުރަތަމަ ފަހަރު ކަމަށްވުމާއެކު، މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ބޭއްވުމަށް ގިނަ ބައިވެރިން އެދިފައިވާ ކަމަށް އިވެންޓް އިންތިޒާމުކުރި ފޭލި ޖަމިއްޔާއިން ބުންޏެވެ.
