ދޮންފަނުގައި ވޯލްޑް މަންތާ ޑޭ ފާހަގަކޮށްފި

ދޮންފަނުގައި ވޯކްޑް މަންތާ ޑޭ ފާހަގަކުރުމަށް ހިންގުނު ހަރަކާތްތަކުގެ ތެރެއިން — ފޮޓޯ/ބަޔޮސްފިއާ ރިޒާވް އޮފީސް

ބ. ދޮންފަނުގައި މިއަހަރުގެ ވޯލްޑް މަންޓާ ޑޭ ފާހަގަކޮށްފިއެވެ.

މަންތި ޓްރަސްޓް އިން އިންތިޒާމުކޮށްގެން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ދޮންފަނު ކައުންސިލް، މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމާއި ރީފްސްކޭޕަސް އަދި ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީހުސް ގުޅިގެންނެވެ.

ދޮންފަނުގައި ވޯކްޑް މަންތާ ޑޭ ފާހަގަކުރުމަށް ހިންގުނު ހަރަކާތްތަކުގެ ތެރެއިން — ފޮޓޯ/ބަޔޮސްފިއާ ރިޒާވް އޮފީސް

ވޯލްޑް މަންޓާ ޑޭ ފާހަގަ ކުރުމަށް މިއަދު ހަވީރު ދޮންފަނު ތިން ރުއް ޕާކުގައި ބޭއްވި ހަރަކާތްތަކުގެ ތެރޭގައި މަންތާ ރޭތަކާއެކު ވާރޗުއަލް ފީނުމުގެ ތަޖުރިބާއެއް ހިމެނުނެވެ. މީގެ އިތުރުން، ދޮންފަނު ސްކޫލްގެ ދަރިވަރުންނަށް ވެލީގައި ކުރެހުމުގެ މުބާރާތެއް ބޭއްވުނެވެ.

މީގެ އިތުރުން ހަރަކާތުގެ ބައިވެރިންނަށް މޫނުގައި ކުލަ ޖެހުމުގެ ފުރުޞަތު ލިބުނެވެ. މީގެ އިތުރުންވެސް އެކި ބާވަތުގެ މަޖާ ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ.

ދޮންފަނުގައި ވޯކްޑް މަންތާ ޑޭ ފާހަގަކުރުމަށް ހިންގުނު ހަރަކާތްތަކުގެ ތެރެއިން — ފޮޓޯ/ބަޔޮސްފިއާ ރިޒާވް އޮފީސް

ވޯލްޑް މަންޓާ ޑޭއަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 17 ވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މަގްސަދަކީ މަންޓާ ރޭގެ މުހިންމުކަމާއި އެ ދިރޭތަކެތި ރައްކާތެރިކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.