ހަނިފަރުގެ ހިތްގައިމު މާޙައުލުގައި: ސްކައުޓް ކުދިންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކައުޓް ކުދިންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ހަނިފަރުގެ ހިތްގައިމު މާޙައުލުގައި ބާއްވައިފިއެވެ.

ޔުނެސްކޯ އިން ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ސަރަހައްދުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ސްކައުޓް ކުދިންނާއި ލީޑަރުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތު ބޭއްވުމުގެ ފުރުޞަތު ދެއްވީ ބާ އަތޮޅު ބަޔޯސްފިއަރ ރިޒާވްއިންނެވެ.

ހަނިފަރު ސަރަހައްދަކީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ އެއް ސަރަހައްދެވެ.

މި ރަސްމިއްޔާތާ ގުޅިގެން ސްކައުޓް ކުދިންނަށް މި މަޝްހޫރު ސަރަޙައްދަށް ޒިޔާރަތްކޮށް، މަންޓާ ރޭތައް ބަލާލުމުގެ ފުރުޞަތު ލިބުނެވެ.

އެ ރަސްމިއްޔާތުގެ އެންމެ ފާހަގަކޮށްލެވޭ ތަޖުރިބާގެ ގޮތުގައި ބެލެވުނީ ކުދިންނަށް އެންމަޑި ތަކާއެކު ފީނުމުގެ ފުރުޞަތު ލިބުނު ކަމެވެ. ހަނިފަރުބޭގައި އެތައް އެންމަޑީތަކެއް ފީނަމުންދިޔަ އިރު، ކުދިންނާއި ލީޑަރުންނަށް އެ މަންޒަރު ބަލާލުމުގެ ފުރުޞަތު ލިބުނެވެ.

ރަސްމިއްޔާތާ ގުޅޭގޮތުން ސްކައުޓް ލީޑަރަކު ބުނި ގޮތުގައި މި ރަސްމިއްޔާތު މިފަދަ ޚާއްޞަ މާޙައުލެއްގައި ބޭއްވުމުގެ މަޤްޞަދަކީ ކުދިންގެ ހިތުގައި ތިމާވެށި ރައްކާތެރިކުރުމުގެ ލޯބި އުފެއްދުމާއި، ބ. އަތޮޅުގެ ގުދުރަތީ މާޙައުލުގެ މުހިންމުކަން އަންގައިދިނުމެވެ.

“މި ފަދަ ހަރަކާތްތަކުން ކުދިންނަށް ލިބޭ ތަޖުރިބާއަކީ ފޮތުން އުނގެނޭ އެއްޗަކަށްވުރެ މާ ބޮޑަށް ހަނދާނުގައި ހިފެހެއްޓޭނެ އެއްޗެއް، މިފަދަ ޚާއްޞަ ފުރުޞަތެއް ދެއްވި ކަމަށްޓަކައި ބަޔޯސްފިއަރ ރިޒާވްއަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން، މީގެ އިތުރުން އޭދަފުށި ކައުންސިލާއި ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަންވެސް އުފަލާއެކު ފާހަގަކުރަން،”

“މި އިވެންޓަކީ އަޅުގަނޑުމެންގެ ސްކައުޓް ކުދިންނަށް ލިބުނު ވަރަށް މުހިންމު ތަޖުރިބާއެއް،”

މި ހަރަކާތުގެ ސަބަބުން ކުދިންނަށް ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމާއި ޚާއްޞަކޮށް އެންމަޑިތަކުގެ މުހިންމުކަން އިތުރަށް ވިސްނުނު ކަމަށް ބައިވެރިން ފާހަގަކުރިކަމަށް އެ ސްކޫލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.