މިސްކިތްތަކުގައި ހިންގާ ގާރީ ކުލާސްތަކުން މިސްކިތްތަކަށް ދިރުން ލިބޭ: މިނިސްޓަރު ޝަހީމް

މިސްކިއްތަކުގައި ކުރިޔަށް ގެންދާ ގްރްއާން ކުލާސްތަުގެ ތެރެއިން–/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޤުރުއާން އުނގަންނައިދިނުމަށާއި، ޤުރުއާނުގެ ޢިލްމު ފެތުރެއްވުމަށްޓަކައި ފެށި މިސްކިތު ޤާރީ ކުލާސްތަކުގެ ސަބަބުން މިސްކިތްތަކަށް ދިރުން ލިބޭކަމަށް އިސްލަމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މި ކްލާސްތައް މިހާރު ވަނީ ރާއްޖޭގެ 29 ރަށެއްގެ މިސްކިތްތަކުގައި ފެށިފައެވެ.

މި ކްލާސްތަކުގައި އެކި އުމުރުފުރައިގެ ދަރިވަރުން ބައިވެރިވަމުންދާ ކަމަށާއި، ކިޔަވައިދެއްވަނީ މިސްކިތްތަކުގެ އިމާމުން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

މިއީ ހިލޭސާބަހަށް ކުރިއަށްގެންދެވޭ ކްލާސްތަކެއް ކަމަށާއި، ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، މި ކްލާސްތައް ފެށުމުގެ މައިގަނޑު ސަބަބަކީ ޤުރުއާން ކިޔަވައިދޭން ބޭނުންވާ އިމާމުންނަށް އެކަމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ. މިހާތަނަށް 32 ފަރާތަކަށް މިސްކިތްތަކުގައި ޤުރުއާން ކްލާސް ހިންގުމުގެ ހުއްދަ ދެވިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ. މީގެ ތެރޭގައި 23 ރަށަކާއި، 3 ޖަމްޢިއްޔާގެ އިތުރުން މާލެ ސަރަހައްދުގެ 5 މިސްކިތް ހިމެނެއެވެ.

މިސްކިއްތަކުގައި ކުރިޔަށް ގެންދާ ގްރްއާން ކުލާސްތަުގެ ތެރެއިން–/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިތުރު ރަށްތަކުގައިވެސް މި ކްލާސްތައް ފެށުމަށް އިސްލާމިކް މިނ ވަނީ އަމާޒު ހިފާފައެވެ. މި މަޝްރޫޢުގެ ސަބަބުން ޤުރުއާނުގެ ޢިލްމު އިތުރަށް ފެތުރި، މިސްކިތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.