ބީއެމްއެލްގައި ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް މިރޭ އެވޯޑް ދީފި އެވެ.

މި އެވޯޑް ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ކުންފުނީގައި 15 އަހަރު، 20 އަހަރު، 25 އަހަރު އަދި 35 އަހަރު މަސައްކަތްކޮށްފައިވާ 29 މުވައްޒަފަކަށް އެވޯޑް ހަވާލުކޮށްފައިވެ އެވެ.

މި ހަފުލާގައި ވަނީ ބީއެމްއެލްގައި 35 އަހަރު މަސައްކަތްކޮށްފައިވާ އަމްޝޫދާ ނަޢީމް (ސްވިފްޓް ސަރވިސް މެނޭޖަރ) އާއި އައިމިނަތު ނަސީމް (ކަސްޓަމަރ ސަރވިސް މެނޭޖަރ) އަދި އާއިޝަތު ޝާދުނާ (މެނޭޖަރ، ޗެކް ޕްރޮސެސިންގ) އަށް ވަނީ އެ ކުންފުނިން ހާއްސަ އެވޯޑެއް ދީފަ އެވެ.

މީގެ އިތުރުން، އިތުރުން އެ ކުންފުނީގައި 30 އަހަރު މަސައްކަތްކޮށްފައިވާ ކަސްޓަމަރ ސާވިސް އޮފިސަރު ފާޠިމަތު ޙުސައިން އާއި މެނޭޖަރ، އެޖެންޓް ބޭންކިންގ ފާޠިމަތު މުޙައްމަދު އަދި ޗީފް ކޮމްޕަލަޔަންސް އޮފިސަރު މަރިޔަމް ޙަމީދު އަށް ވެސް ވަނީ އެ ބޭފުޅުން އަދާކޮށްފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް އެވޯޑް ދީފައެވެ.

މި ހަފްލާގައި އެވޯޑް ލިބުނު ފަރާތްތަކާ ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުން މަސައްކަތަށް ދެއްވާ އަހުމިއްޔަތުކަމަށާއި ވަޒީފާގައި ދިގު މުއްދަތަކަށް ވަފާތެރިކަމާއެކު ދެމިހުންނެވިކަމަށްޓަކައި އެކަމުގެ އަގު ވަޒަންކޮށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށެވެ.

“އަދި ފާއިތުވި 35 އަހަރުގެ ދިގު މުއްދަތަކަށް ހީވާގި ކަމާއެކު މަސައްކަތް ކޮށްދެއްވިކަމަށްޓަކައި އަމްޝޫދާ، އާމިނަތު އަދި ޝާދުނާއަށް ހާއްސަ ޝުކުރެއް ދަންނަވަން.”

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު، އަދި ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ބޭންކެވެ. އަދިހަމައެހެންމެ ބޭންކުގައި މިވަގުތު ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ %99 އަށް ވުރެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ފަޚުރުވެރި ދިވެހީންނެވެ. ބޭންކުގެ މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތާއި މަސައްކަތަށް ބޭނުންވާ ތަމްރީނުދިނުމާއި އިންސާނީ ހުނަރު ތަރައްގީ ކުރުމާއި ވަޒީފާގެ ކުރިއެރުންތައް ފޯރުކޮށްދެވެއެވެ. ބޭންކުގައި ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑު އަދި ލޯންގް ސަރވިސް އެވޯޑު ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.