
ދިވާލީއާ އެކު ލިބުނު ބަންދާ ދިމާކޮށް ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރް ހާން އާއިލާ އެކު އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
ކަރީނާގެ އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ބ. އަތޮޅު ސޮނެވާފުށީ ރިސޯޓުގަ އެވެ.
ކަރީނާ ވަނީ އެ ރިސޯޓުގެ މޫދު ކައިރީގައި ހުރެގެން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޝާއިޢުކޮށް، ރާއްޖޭގައި އޭނާ ޗުއްޓީ ހޭދަކުރަމުންދާކަން އަންގައިދީފައެވެ.
ކަރީނާ ހުރީ ރަތް ކުލައިގެ ހެދުމެއްގައި، ރަތް ކުލައިގެ ތޮތްޕަކާއި ކަޅު ކުލައިގެ އަވިއައިނެއް އަޅައިގެންނެވެ. އޭނާގެ ޕޯސްޓުގެ ކެޕްޝަންގައި ދިވާލީގެ ހެޔޮއެދުން ރައްޓެހިންނަށް ފޮނުވާ ކަމަށް ވަނީ ބުނެފައެވެ.
މި ދެމަފިރިންނަކީ ކުރިންވެސް އެކި ފަހަރު މަތިން ރާއްޖެ އައިސްފައިވާ ފަރާތްތަކެވެ. އެންމެ ފަހުން ރާއްޖެ އައީ 2018 ވަނަ އަހަރު، ކޮވިޑް ފެތުރުމުގެ ކުރިން އެވެ.

