ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ އަތޮޅު ކައުންސިލު ބަށިމުބާރާތުގެ ފައިނަލަށް މިއަހަރުވެސް އޭދަފުއްޓާއި ގޮއިދޫ ދަތުރުކޮށްފިއެވެ.
މިދެ ޓީމު ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު ސެމީ ފައިނަލްގެ މެޗްތައް ކާމިޔާބުކޮށްގެންނެވެ. މިއަދު ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި ބައްދަލުކުރީ މާޅޮހާއި އޭދަފުއްޓެވެ. މި މެޗް 28 ލަނޑުން ކާމިޔާބުކުރީ އޭދަފުށި ބަށި ޓީމެވެ. މާޅޮސް ޓީމަށް މި މެޗުގައި ހެދިފައިވަނީ 13 ލަނޑު 11 ފޯއްޔެވެ.
މި މެޗް ގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާޅޮސް ޓީމުގެ ފާތިމަތު ނަފީސާއެވެ.
މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ބައްދަލުކުރީ ގޮއިދޫ އާއި ހިތާދޫއެވެ. މި މެޗު 32 ލަނޑުން ކާމިޔާބުކުރީ ގޮއިދޫ ބަށި ޓީމެވެ. ހިތާދޫ ޓީމަށް މި މެޗުގައި ހެދިފައިވަނީ 22 ލަނޑެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވޮނީ ގޮއިދޫ ޓީމުގެ ފާތިމަތު މިލްނާއެވެ.
މި މުބާރާތުގެ ފައިނަލުމެޗް އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރުއެވެ.