ސެންޓޭގެ ލަނޑާއެކު ދިވެހި ފުޓްބޯޅައަށް ތާރީހީ މޮޅެއް

ރާއްޖެ އާއި ބަންގްލަދޭސް ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ: ޓްރެންޑް ބްލެޓް އިން

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް އަލީ ފާސިރު (ސެންޓޭ) ޖެހި ލަނޑުން މޮޅުވެ، ދިވެހި ފުޓްބޯޅަ އަށް ގައުމީ ޓީމުން ތާރިޚީ މޮޅެއް ހޯދައި ދީފި އެވެ.

މި މެޗަކީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ޤައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މެޗު ކުޅުނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަޝުންދަރާ އެރީނާގައެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ މި ލަނޑު ޖެހީ ހަމްޒާ މުޙައްމަދު (ހަމްޕް) ނަގައިދިން ހިލޭ ޖެހުމެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގައި ދިވެހި ޓީމު ފެނުނީ ހުރިހާ ގޮތަކުން ވެސް ބަންގްލަދޭޝަށް ވުރެ ވަރުގަދަކޮށެވެ. މި މެޗުގައި ދިވެހި ޓީމުގެ ގޯލްކީޕަރު ހުސައިން ޝަރީފް ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.

މި މެޗުގެ ނަތީޖާއިން ވަޅުޖެހިފައި އޮތް ދިވެހި ފުޓްބޯޅައަށް މިވަނީ އާ އުއްމީދެއް ލިބިފަ އެވެ. ޚާއްޞަކޮށް މިއީ ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގައި ޑޮމެސްޓިކް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއް މިއަހަރު ނެތި ކުޅުނު މެޗަކަށް ވެފައި، މި ނަތީޖާއަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

މިހާރު ކުރިއަށްދާ ފީފާ ވިންޑޯ ބްރޭކްގައި ދެވަނަ މެޗެއް ވެސް ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެއިން ކުޅޭނެއެވެ. ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.