ޒާހިލް އަށް ޑްސިޓްގެ މުވައްޒަފުން 21 ހާހަށްވުރެގިނަ ރުފިޔާ ހޯދައިދީފި

ގޮހޮރުގެ އޮޕަރޭޝަނަށް ފަހު ޒާހިލް ނެއްލައިދޫގައި: އާއިލާ އިން އެދެނީ ދީލަތި އެހީއަކަށް
ގޮހޮރުގެ އޮޕަރޭޝަނަށް ފަހު ޒާހިލް ނެއްލައިދޫގައި: އާއިލާ އިން އެދެނީ ދީލަތި އެހީއަކަށް

ގޮތް ނޭނގޭ ބަލިތަކެއްގެ ޝިކާރައަކަށް ވެފައިވާ އިބްރާހިމް ޒާހިލް އަށް އެހީވުމަށް ޑްސިތް ތާނީ މޯލްޑިވްސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން އެކާވީސް ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިދީފި އެވެ.

ބ. އަތޮޅު މުއްދޫގައި ހިންގަމުން އަންނަ އެ ރިސޯޓުގެ އޮފިޝަލަކު ވިދާޅުވީ ޒާހިލް އަށް އެހީވުމަށް ފައިސާ ހޯދީ ރިސޯޓްގެ މުވައްޒަފުން މެނޭޖްމަންޓާ ގުޅިގެން ކުރި މަސައްކަތުންނެވެ. އެގޮތުން ލިބުނު 12،555ރ އަދި 600ޑޮލަރު ޒާހިލްގެ އާއިލާއާ މިދިޔަ ހަފްތާތެރޭ ހަވާލުކޮށްފައިވާ ކަމަށް އެ ރިސޯޓުން ބުންޏެވެ.

ހދ. ނެއްލައިދޫ އަށް އުފަން ޒާހިލް ބަލިވެ އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެންމެ ކުޑައިރުއްސުރެ ހަމުގެ ބަލިތަކެއް ތަހައްމަލްކުރަމުން ދިޔަ ޒާހިލް އަށް މިހާރު ވަނީ ގޮހޮރުގެ މައްސަލައެއް ވެސް ދިމާވެފަ އެވެ. އެހެންވެ، އޭނާ އަށް ކާން ދެނީ ހޮޅި ބޭނުންކޮށްގެންނެވެ. ކައިރި ގައުމަކުން ދާއިމީ ހައްލެއް ލިބެން ނެތުމުން ޒާހިލްގެ އާއިލާ އިން މަސައްކަތްކުރަމުން އަންނަނީ ދުރު ހިސާބަކަށް ގޮސްގެން ނަމަވެސް ފަރުވާއެއް ހޯދުމަށެވެ.

އިބްރާހިމް ޒާހިލް އަށް އެހީއެއް ދެއްވަން ބޭނުންފުޅު ނަމަ…

އެކައުންޓް ނަންބަރު: 7730000089085

މުހައްމަދު ރަޝީދު، ފޯން: 7931608

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.