
ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން މިއަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ “ބެޓަ އިން ބާ ފުޓްސަލް ފިއެސްޓާ” އަންނަ ނޮވެމްބަރު 6 ގައި ފަށަން ތައްޔާރުވެއްޖެ އެވެ.
ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް މިއަހަރު ވެސް ހޯސްޓް ކުރާނީ އޭދަފުށިންނެވެ. މިއަހަރުގެ މުބާރާތުގައި ފިރިހެން ޑިވިސަންގައި 9 ރަށަކުން އަދި އަންހެން ޑިވިސަންގައި އަށް ރަށަކުން ވާދަ ކުރެ އެވެ.
މުބާރާތުގެ ފިރިހެން ޑިވިސަންގައި ވާދަކުރަނީ އެންމެފަހުގެ ޗެމްޕިއަން އޭދަފުށީގެ އިތުރުން ކުޑަރިކިލު، ކަމަދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ ،މާޅޮސް، ތުޅާދޫ، ގޮއިދޫ އަދި ފެހެންދޫ އެވެ.
އަންހެން ޑިވިޝަންގައި ވާދަކުރަނީ ކަމަދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ، މާޅޮސް، ތުޅާދޫ އަދި އޭދަފުށީގެ އިތުރުން މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ އެވެ.
މި މުބާރާތުގެ ކޮންމެ ޗެމްޕިއަން ޓީމަކަށް 150،000 ރ. އަދި ކޮންމެ ރަނަރަޕް ޓީމަކަށް 75،000 ރ. ވަނީ ހުށަހަޅައިފަ އެވެ.
ބެޓަރ އިން ބާ ފުޓްސަލް މުބާރާތަކީ މި އަތޮޅުގައި ދެ ޖިންސުން ވެސް ފުޓްސަލްއާއި ފުޓުބޯޅައިގެ އިތުރު ތަރިންތަކެއް އުފެއްދުމުގެ މަގުސަދުގައި އަތޮޅު ކައުންސިލުން 2023 ވަނަ އަހަރު ފެށި މުބާރާތެކެވެ.

