ރާއްޖޭގެ 4 ސަރަހައްދެއްގައި ކުރޫޒް ޓާމިނަލްތަކެއް ތަރައްޤީކުރަނީ

ރާއްޖޭގެ 4 ސަރަޙައްދެއްގައި ކްރޫޒް ޓާމިނަލްތައް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ނިންމައިފިއެވެ.

މި ޓާމިނަލްތައް ތަރައްޤީކުރުމަށް ނިންމާފައިވަނީ އެމްޕީއެލްގެ މާސްޓަރ ޕްލޭނުގެ ދަށުންނެވެ. އެގޮތުން މި ޓާމިނަލްތައް ތަރައްގީކުރަން ނިންމާފައިވަނީ ހއ. އުލިގަމު، ލ. ފޮނަދޫގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގަ އެވެ.

މި މަޝްރޫޢުތަކަށް ފީސިބިލިޓީ ދިރާސާތައް ކުރުމަށް ގްރީސްގެ ކޮންސަލްޓަންޓެއް ނަގައިގެން އެކަމުގެ ފީސިބިލިޓީތައް ހަދަމުން އަންނަކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެމްޕީއެލްގެ ރިސާރޗް އެންޑް ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް އަނިލް އާދަމް ވިދާޅުވީ، ފީސިބިލިޓީ ދިރާސާ ނިމުމަށްފަހު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއެކު، އެ ސަރަޙައްދަށް ވެސް ކްރޫޒް ޓާމިނަލެއް ތަރައްޤީކުރުމަށް އެމްޕީއެލް ވަނީ ނިންމައިފިއެވެ. އަދި މި ކަންކަމާ ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާކުރުމުގެ ވުޒާރާއާ ވެސް މަޝްވަރާކުރައްވާފައިވާކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލްއިން ބުނީ ހއ. އުލިގަމުގައި ކްރޫޒް ޓާމިނަލް ތަރައްޤީކުރުމަށް އެ ރަށު ކައުންސިލާއެކު އެއްބަސްވުމެއް ވެސް އެކުލަވާލާފައިވާކަމަށެވެ.

ރާއްޖެއަށް ކްރޫޒް ލައިނަތަކުންނާއި އެނޫންވެސް ގޮތްގޮތުން އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުވުމާ ގުޅިގެން، މިފަދަ ބޮޑެތި އުޅަނދުތައް މާލޭ ކައިރީގައި ބޭރުގައި ނުވަތަ ރަށްރަށުގެ ފަޅުން ބޭރުގައި އަންނަނީ ބަނދަރުކުރަމުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.