
އުރީދޫ މޯލްޑިވްސްއިން އަންނަ ޖެނުއަރީ 17 ވަނަ ދުވަހު ދޯހާގައި ބާއްވާ މެރަތަންގައި ބައިވެރިވާނެ ދެ ކަސްޓަމަރުން ހޮވައިފިއެވެ.
މި ދުވުމަށް ދިވެހިރާއްޖެއިން ހޮވުނީ މުހައްމަދު އަހްޒާދު އަހްމަދު އާއި ތޯރިގް މުހައްމަދެވެ. މި ދެ ކަސްޓަމަރުން ހޮވާފައިވަނީ އޮކްޓޯބަރު 26 އިން ނޮވެމްބަރު 26 އަށް ކުރިއަށް ގެންދިޔަ ލަކީ ޑްރޯއަކުންނެވެ.
ޑްރޯގައި ބައިވެރިވެވުނީ އުރީދޫގެ އެއް އަހަރަށްވުރެ ގިނަ ދުވަހުގެ ކަސްޓަމަރުންގެ ތެރެއިން ހާފް މެރަތަން ދުވެފައިވާ ނުވަތަ އެފަދަ ދުވުމެއްގެ ސިއްހީ ގާބިލުކަން ހުރި ފަރާތްތަކަށެވެ.
15،000 އެއްހާ ބައިވެރިން ބައިވެރިވާ މި މެރަތަންގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ކުރިންވެސް ބައިވެރިވުމުގެ ފުރުސަތު ދީފައިވެއެވެ.

