ދުންފަތް ކޮންޓްރޯލް ކުރާ ކައުންސިލްތަކަށް މާލީ އެހީދެނީ

ދުންފަތް ކޮންޓްރޯލްކުރުމަށް ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެފަދަ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިއީ މުޖުތަމަޢުގެ ބައިވެރިވުން އިތުރުކޮށް، ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވި ގޮތުގައި، ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތް ވީހާވެސް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި 5 އަހަރުގެ ޕްލޭނެއް އެކުލަވާލަމުން ގެންދެއެވެ. މި ޕްލޭން އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކުގެ އިތުރުން ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުންވެސް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

“ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ދުރުރާސްތާ ޕްލޭން އެކުލަވާލެވިގެންދާއިރު، ރަށު ފެންވަރުގައި މިކަމަށް އެންމެ ރަނގަޅު މަސައްކަތްތައް ކުރާ ކައުންސިލްތަކުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޚާއްސަ އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ސަރުކާރުން ޤާއިމުކުރާނެ،” މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، ‘ދަފަރާ’ ގެ ނަމުގައި ދުންފަތާ ދެކޮޅަށް ޚާއްސަ ކެމްޕެއިނެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ފަށާފައެވެ. މި ކެމްޕެއިން މިހާތަނަށް ނ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު އަދި ސ. އަތޮޅުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.