
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި ރޭ މުމްބާއީ އަށް ފުރައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި މި ދަތުރަކީ މުންބާއީގެ ޗިލްޑްރަންސް އެކަޑަމީ ގްރޫޕް އޮފް ސްކޫލާ ގުޅިގެން ކުރިއަށްގެންދާ އެކްސްޗޭންޖް ޕްރޮގްރާމެކެވެ.
އެގޮތުން މި ދަތުރުގައި ބައިވެރިވަނީ އެ ސްކޫލުގެ ގްރޭޑް އަށެއްގައި ކިޔަވާ ނުވަ ދަރިވަރުންނާއި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިލާއި އެޑްމިނިސްޓްރޭޓަ އަދި ޓީޗަރެކެވެ.
އަންނަ ހޯމަދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުގެ ބޭނުމަކީ، ތަފާތު ސަގާފަތްތަކާ ބެހޭ މައުލޫމާތު ހޯދުމާއި، މާއްދާތަކާ ގުޅުންހުރި ހަގީގީ ދިރިއުޅުމުގެ ތަޖުރިބާތައް ހޯދުމެވެ.
މިއީ މިފަދަ ތަޖުރިބާ ދަތުރެއްގައި އެ ސްކޫލުން ދާ ފުރަތަމަ ފަހަރެވެ.

