ގަދަ ހިތްވަރާއެކު އޭދަފުށި ގޯލްޑްކަޕް ފައިނަލަށް

މާލެ ސިޓީއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ތެރެއިން–ފޮޓޯ: ސަންމާހު

ނައިންޓީ ޕްލަސް ގޯލްޑް ކަޕް: އޭދަފުށިން ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި

ނައިންޓީ ޕްލަސް ގޯލްޑް ކަޕުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މާލެ ސިޓީ އާއި ބައްދަލުކުރި އޭދަފުށިން، 3-2 އިން މެޗު ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ކުޅުނު މި މެޗުގައި އޭދަފުށިން ފުރަތަމަ ހާފުގައި 3-0 އިން ކުރިއަށް ދިޔައެވެ. މެޗުގެ 19 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖެހި ހަމްޒާ މުހައްމަދު (ހަމްޕު)، 23 ވަނަ މިނެޓުގައި ދެވަނަ ގޯލުވެސް ޖަހައިދިނެވެ. އޭދަފުށީގެ ތިންވަނަ ގޯލު 28 ވަނަ މިނެޓުގައި ޖަހައިދިނީ އިޝާން އިބްރާހިމްއެވެ.

އޭދަފުށި ޓީމުގެ ކުޅުންތެރިޔާ އަހުމަދު އައިހަމް ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ– އީޓީ ފޮޓޯ/ސަންމާހް

ދެވަނަ ހާފުގައި މާލެ ސިޓީން ކުޅުން ރަނގަޅުކޮށް، 47 ވަނަ މިނެޓުގައި އަލީ ޝިޔާހު ފުރަތަމަ ގޯލު ޖެހިއެވެ. އޭގެ ފަހުން ލިބުނު ޕެނަލްޓީއަކުން ރިލްވާން ވަހީދު މާލެ ސިޓީގެ ދެވަނަ ގޯލު ޖެހުމުން މެޗު ނިމުނީ 3-2 އިން އޭދަފުށި މޮޅުވެގެންނެވެ.

ފައިނަލުގައި އޭދަފުއްޓާ ކުޅޭނީ މިރޭ އައްޑޫ ސިޓީ އާއި ރ. އަލިފުށި ބައްދަލުކުރާ ސެމީ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.