ރާއްޖޭގެ ފުޓްބޯޅައިގެ ރަސްކަން ހޯދަން އޭދަފުއްޓާއި އައްޑޫ ސިޓީ މިރޭ ވާދަކުރަނީ

އޭދަފުށީގެ ޓިމުގެ ކެޕްޓަން އިޝާން އިބްރާހީމް — ފޮޓޯ/އިމޭޖަސް.އެމްވީ

ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ފައިނަލް ކާމިޔާބުކޮށް ރާއްޖޭގެ ފުޓްބޯޅައިގެ ރަސްކަން ހޯދަން އޭދަފުއްޓާއި އައްޑޫ ސިޓީ މިރޭ ނުކުންނާނެ އެވެ.

ފޯރިގަދަ ފައިނަލަށް މުޅި ގައުމު ތައްޔާރުވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މެޗު ޝަރަފްވެރިކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ފައިނަލް މެޗުގެ ވާދަވެރިކަން މިހާރުވެސް ވަނީ ފެށިފަ އެވެ. ސޯޝަލް މީޑިއާގެ ޕޯސްޓްތަކުންނާއި، ދެރަށުގެ ސަޕޯޓަރުންގެ މެދުގައި ބަދަލުކުރަމުންދާ ވާހަކަތަކުން މެޗުގެ ފޯރި އަންދާޒާ ކޮށްލެވެ އެވެ. އަދި، ދެޓީމަށް ޓިކެޓް ވިއްކުމުގައި ތަފާތުކުރުމެއް ގެންގުޅުނު ކަމަށްބުނެ ސޯޝަލް މީޑިއާގައި އައްޑޫ ސިޓީގެ ބައެއް ސަޕޯޓަރުން އަންނަނީ ފާޑުކިޔަމުންނެވެ.

ސެމީ ފައިނަލުގައި އައްޑޫ އާއި އަލިފުށި ބައްދަލުކުރި މެޗުގެ ތެރެއިން — ފޮޓޯ/އިމޭޖަސް.އެމްވީ

މެޗަށް ތައްޔާރުވުމުގެ ގޮތުން ދެރަށުގެ ސަޕޯޓަރުންވެސް އަންނަނީ ވަރަށް ފޯރީގައި ތައްޔާރުވަމުންނެވެ. އަދި، އޭދަފުށިންނާއި އައްޑޫ އިން ސަޕޯޓަރުން މާލެ ގެންދިއުމަށް ހާއްސަ ގޮތްތަކެއް ވަނީ ފަހިކޮށްދީފަ އެވެ. އޭދަފުށިން ގާތްގަނޑަކަށް 500 އެއްހާ ސަޕޯޓަރުން މިއަދު މާލެ ދާއިރު އައްޑޫ އިން ވަނީ މެޗު ބަލަންދާން މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް ހަމަޖައްސައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.