ބ. ދަރަވަންދޫ ބީސީ ރެކްރިއޭޝަން އިން އިންތިޒާމުކޮށްގެން އެރަށުގައި ފޯރިގަދަ ނެޓްބޯޅަ މުބާރާތެއް އިއްޔެ ފަށައިފި އެވެ.
“ބީސީ ނެޓްބޯޅަ ޗެލެންޖް 2016” ގެ ނަމުގައި އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގައި ފަސް ޓީމު ވާދަކުރެއެވެ.
މުބާރާތުގެ ސްކޯ ޝީޓް
ދަރަވަންދޫ ބީސީ ރެކްރިއޭޝަން އިން ބުނި ގޮތުގައި މި މުބާރާތރުގެ މަގުސަދަކީ ނެޓްބޯޅައިގެ މަގުބޫލުކަން އިތުރުކުރުމާއި، ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ އިތުރުން ނެޓްބޯޅައިގެ ވާދަވެރިކަމާއި ރޫހު އާލާކުރުމެވެ.
މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު އެވެ.