ރައްޔިތުންނަށް ދަތިކުރަން އެއްވެސް ކަމެއް ނުކުރާނަން: ރައީސް

ރައްޔިތުންނަށް ދަތިކުރަން އެއްވެސް ނިންމުމެއް ނިންމަވާފައިވާ ނުވާނެކަމަށާއި، ކޮންމެ ނިންމެވުމެއްވެސް ނިންމަވާފައިވާނީ ރައްޔިތުންނާއި ޤައުމުގެ މުސްތަޤްބަލަށްޓަކައިކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގއ. އާއި ގދ. އަށް ކުރައްވާ ދަތުރުފުޅުގައި ގދ. ވާދޫގައި ރައީސް ވިދާޅުވީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އަށަގަނެފައިވާ ގޯސް އާދަތަކުން މުޖުތަމަޢު ސަލާމަތްކުރުމަށް އަޅާ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ދަތިކުރަން ނިންމާ ނިންމުންތަކެއް ނޫން ކަމަށެވެ.

“އެކިއެކި ވަބާތަކުން ގައުމު ސަލާމަތްކުރުމާއި އަޅުގަނޑުމެންގެ ތެރޭގައި ހުރި އަށަގަނެފައި، މޫލާފައި ހުރި، ދެވިހިފާފައި ހުރި ބައެއް އާދަތަކުން ވެސް އަޅުގަނޑުމެން ހިތްވަރުލާފައި ސަލާމަތްކުރުމުގެ ނިޔަތުގައި ކުރާ ކަންތައްތައް. އެއީ އެއްގޮތަކަށް ވެސް ރައްޔިތުންނަށް ދަތިކުރުމަށް، އުނދަގޫ ކުރުމަށް ކުރާ ކަންކަމެއް ނޫން.،” މިދިޔަ މަހު ވޭޕް މަނާކުރުމާއި ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ގއ. އާއި ގދ. އަށް ކުރައްވާ ދަތުރުފުޅުގައި ގދ. ވާދޫގައި ރައީސް ވިދާޅުވީ ތަރައްގީއަކީ ހަމައެކަނި ލޮލަށް ފެންނަ އަދި އަތުން ހިފޭ މަޝްރޫއުތައް އެކަނި ނޫން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވަށާޖެހޭ ތަރައްޤީ ހާސިލުކުރުމަށް އެޅޭ މިފަދަ ފިޔަވަޅުތަކުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން މުހިންމުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.