ވިލިނގިލިފަރު ފިނޮޅު ޕިކްނިކް އައިލެންޑަކަށް ހަމަޖައްސައިދިނުމަށް އެދިއްޖެ

ބ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް، އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރާ ބައްދަލުކުރައްވައި، މިއަތޮޅު ވިލިނގިލިފަރު ފިނޮޅު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް ދިއުމަށް ޚާއްސަ ރަށެއް ނެތުމުގެ ކަންބޮޑުވުން އަތޮޅު ކައުންސިލުން ފާޅުކުރެއްވިއެވެ. މިކަމަށް ހައްލެއް ހޯދުމަށް ވިލިނގިލިފަރު ފިނޮޅު އަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވުމަށް ރައީސް އަފްރާޙް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ލޯކަލް ގަވަރމެންޓް ޑިޕާޓްމެންޓް ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު މުޙައްމަދު މާހިރުއާއި ކްލަސްޓަރ އެގްޒެކެޓިވް ޑެޕިއުޓީ މިނިސްޓަރު އިސްމާޢީލް ނާފިޢުގެ އިތުރުން އަތޮޅު ކޯޑިނޭޓަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ވާހަކަދެކެވުނު ކަންތައްތަކާ ގުޅިގެން، ވިލިނގިލިފަރު ފިނޮޅު ބ. އަތޮޅު ކައުންސިލާ ހަވާލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވަޒީރު އާދަމް ޝަރީފް އުމަރު ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.