55 ރަށެއްގައި ކައުންސިލްގެ އާ އިމާރާތް އަޅަން މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްފިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާއެވެ. ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޝަރީފެވެ.

މި މަޝްރޫޢުގެ ދަށުން އަޅާ އިމާރާތްތަކަކީ ޖާގަ ތަނަވަސް، ކައުންސިލަރުންނާއި އިދާރީ މަސައްކަތްތަކަށް ފަހި، އަދި ވަސީލަތްތައް ހަމަ އިމާރާތްތަކެއް ކަމަށް ވުޒާރާއިން ބުނެއެވެ. މަސައްކަތް 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކައުންސިލްތަކުގެ ޙާލަތު ދެނެގަތުމަށްފަހު 102 ކައުންސިލްގެ އާ އިމާރާތް އެޅުމަށް ޝަރުތު ހަމަވާކަމަށް ވުޒާރާއިން ނިންމާފައިވެއެވެ. އަދި ޖުމްލަ 187 ކައުންސިލަކަށް ޖާގައާއި ވަސީލަތްތަކުގެ ދަތިކަން ހުރިކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރުގެ އެހީގައި އިތުރު 50 ކައުންސިލް އިމާރާތް ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ.

ޙާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިމާރާތް މި ދައުރުގައި އިމާރާތްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވުޒާރާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.