ކޮންމެ އަތޮޅެއްގައި ޕަބްލިކްސް ވޯކްސް ޔުނިޓެއް ގާއިމްކުރަނީ

މާލެ ފިޔަވައި އެހެން ރަށްރަށުގައި ކުރަންޖެހޭ މަރާމާތުތަކަށް ކޮންމެ އަތޮޅެއްގައި ޕަބްލިކްސް ވޯކްސް ޔުނިޓެއް ގާއިމްކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.

ރ. އަތޮޅުގެ 11 ރަށަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަރުހަލާގައި، މާކުރަތުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރަށްރަށުގައި އިންފްރަސްޓްރަކްޗަރ ގާއިމްކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށާއި، އެހެންނަމަވެސް މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުން އަލުން މުޅި އިމާރާތްތައް އާކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި ރ. އަތޮޅުގެ ޕަބްލިކް ވޯކްސް ސައިޓު ހުންނާނީ މާކުރަތުގައެވެ. އަދި އުތުރާއި ދެކުނުގައި މޮބައިލް ދެ ޔުނިޓު ހެދުމަށް މި އަހަރުގެ ބަޖެޓުން ފައިސާ ކަނޑައަޅާފައިވެއެވެ. މިހާރުވެސް ބައެއް ރަށްރަށުގައި މިފަދަ ސައިޓުތައް ހުރި ކަމަށާއި، އެތަންތަން ބާވެފައި ހުރި ނަމަވެސް، މަރާމާތުތަކަށް ބޭނުންވާ ސާމާނާއި މީހުން އެތަންތަނުން ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.

“ކުރިއަށް އޮތް ތަނުގައި ލޯންގު ޓާމުގައި މިހެން ރަށެއްގައި ހުންނަ ހުރިހާ އިންފްރަސްޓްރަކްޗާ ތަންތަން ބެލެހެއްޓުމުގައި ވަރަށް ބޮޑު ތަނުން ހަރަދު ކުޑަވާނެ ޕަބްލިކް ވޯކްސް ނިޒާމު ގާއިމްކުރެވުނީމަ.” ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.