
މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ބުރުގެ ފަހު މެޗުގައި އޭދަފުއްޓާއި ފެހެންދޫ މިރޭ ވާދަކުރާނެ އެވެ.
އަތޮޅު ބުރުގެ ފައިނަލުގެ ދެ ޖާގަ ކަށަވަރުވާނީ މިރެ އެވެ. ފުރަތަމަ މެޗުގައި އޭދަފުށިން ވަނީ 0-1 އިން ތުޅާދޫ ބަލިކޮށްފަ އެވެ. ދެވަނަ މެޗުގައި ތުޅާދޫ އިން 1-0 އިން ފެހެންދޫ ބަލިކުރި އެވެ.
ފަހު މެޗު މިރޭ ކުޅޭއިރު ފައިނަލުގެ ޖާގަ ތިން ޓީމަށް ވެސް އެބައޮތެވެ. މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް އެއް ވަނަ ޓީމުގެ ގޮތުގައި އޭދަފުއްޓަށް ފައިނަލުގެ ޖާގަ ކަށަވަރުވާނެ އެވެ. ފެހެންދޫ އަށް ފައިނަލަށް ދެވެން އޮތީ އޭދަފުށި ބަލިކޮށްގެންނެވެ.
ތުޅާދޫ އަތޮޅު ބުރުން ކަޓާނެ ހަމައެކަނި ގޮތަކީ ފެހެންދޫ މޮޅުވެ، ގޯލުގެ ތަފާތުން (ޖެހި ގޯލާއި ވަން ގޯލު ހިމެނޭ ގޮތަށް) އޭދަފުއްޓާއި ފެހެންދޫ އަށް ތުޅާދޫ އަށްވުރެ ކުރި ލިބިގެންނެވެ.
މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ފައިނަލުގައި ތުޅާދޫ ބަލިކޮށް ހޯދީ އޭދަފުއްޓެވެ. 2023 ވަނަ އަހަރުގެ އަތޮޅު ޗެމްޕިއަންކަން އޭދަފުށި ހޯދީ ފައިނަލުގައި ފެހެންދޫ އަތުން މޮޅުވެގެންނެވެ.

