ސްކޫލަކަށް ބޭނުންވާ ވަސީލަތްތައް ދެ އަހަރު ތެރޭ ހަމަކުރަން ޕްލޭނެއް

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ވަސީލަތްތައް ފުރިހަމަކުރުމަށް ސަރުކާރުން ދެ އަހަރުގެ ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.

ހއ. މުރައިދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން، މިއީ އެމަނިކުފާނުގެ އިންތިޚާބީ ވަޢުދެއް ކަމަށާއި، އެ ވަޢުދު ފުއްދުމަށް ސަރުކާރުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.

މި ޕްލޭންގެ ދަށުން ކޮންމެ ސްކޫލަކަށްވެސް ބޭނުންވާ އަސާސީ ވަސީލަތްތަކުގެ ތެރޭގައި ކްލާސްރޫމްތަކާއި، ލެބޯޓަރީތަކާއި، ލައިބްރަރީތަކާއި، ސްޓާފްރޫމްތަކާއި އަދި ހޯލްތައް ހިމެނެއެވެ. އަދި މި ވަސީލަތްތައް ތަރުތީބުން ގާއިމުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

” މި ކަންކަން އެބަ ޖެހޭ ތަރުތީބު ކޮށްލަން. އޭރުން ދެ އަހަރަށް ބަހާލެވިގެން އެކަން ކުރެވޭނީ.” ރައީސް ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާގެ ވަސީލަތްތަކުގެ އިތުރުން ޞިއްޙީ ދާއިރާއަށްވެސް އައު ޕްލޭނެއް އެކުލަވާލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހއ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.