
އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ އާއިލާއިން، މިދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރޯދަމަހަށްވެސް އޭދަފުށީ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ދޭން ނިންމައިފިއެވެ.
މި އެހީގެ ގޮތުގައި ހަނޑުލާއި، ހަކުރު އަދި ފުށް ދޫކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން އޭދަފުށީ ދެވިނަގޭގައި ކުރިއަށްދާނެކަމަށް އެ އާއިލާއިން މަޢުލޫމާތުދެއެވެ. އަދި މާދަމާ އާއި އަންގާރަ ދުވަހު ހެނދުނު 8:30 އިން ހަވީރު 5:00 އަށް، ނަމާދު ވަގުތު ފިޔަވައި މި މަސައްކަތް ކުރިއަށްގެންދާނެއެވެ.
އާއިލާއިން ބުނިގޮތުގައި، މި އެހީ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.
ސަލީމްގެ އާއިލާއިން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އޭދަފުށީ ރައްޔިތުންނަށް މި އެހީ ފޯރުކޮށްދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

