
2024 ވަނަ އަހަރުގެ މެއި/ޖޫން މަހު ބޭއްވުނު އޯލެވެލް އިމްތިހާނުގައި ބ. އަތޮޅުގެ ސްކޫލުތަކުގެ ދަރިވަރުންނަށް ދުނިޔޭގެ ވަނަތަކެއް ލިބިއްޖެ އެވެ.
އެގޮތުން އިނގިރޭސި މާއްދާއިން ދުނިޔޭގެ އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި މި އަތޮޅު ސްކޫލުތަކުގެ ތިން ދަރިވަރަކު ހިމެނިފައިވެއެވެ.
އިނގިރޭސި މާއްދާއިން މި ޝަރަފުވެރި ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މަލާކް މުހައްމަދު ރަޝީދު، ބ. ދަރަވަންދޫ އަތޮޅު މަދަރުސާގެ ޒީޝާން މުހައްމަދު ރިޒާ އަދި ބ. މާޅޮހު ސްކޫލުގެ މަރިޔަމް ނިޔާފް އަބްދުލްނާސިރު ހިމެނެއެވެ.
މީގެއިތުރުން، އެކައުންޓިންގ މާއްދާއިން ރާއްޖޭގެ އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ބ. ކިހާދޫ ސްކޫލުގެ ޝައިހާ މުހައްމަދު ނާފިޒު ވަނީ ހިމެނިފައެވެ.
މި ފަދަ މޮޅު ނަތީޖާތަކެއް ހޯދުމުގައި ދަރިވަރުންގެ ބުރަ މަސައްކަތާއި، ހިތްވަރު ސްކޫލުތަލުން ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ކާމިޔާބީ ހޯދުމުގައި މުދައްރިސުންގެ މަގުދެއްކުމާއި އެހީތެރިކަމުގެ އިތުރުން، މައިންބަފައިންގެ ހިތްވަރުދިނުމާއި ދަރިވަރުންގެ ޤާބިލުކަމަށް ކުރި އިތުބާރުގެ ދައުރު ވަރަށް ބޮޑެކަމަށްވެސް ސްކޫލުތަކުން ފާހަގަކޮށްފައިވެ އެވެ.

