ބ. އަތޮޅުގެ ކުނި މެނޭޖުކުރުމަށް އަތޮޅު ކައުންސިލުން ކޮންމެ ރަށަކަށް 7 ލައްކަ ރުފިޔާ ދެނީ

ބ. އަތޮޅު ކައުންސިލުން އަތޮޅުގެ ކޮންމެ ރަށެއްގެ ކައުންސިލަކަށް އެރަށެއްގެ ކުނި މެނޭޖުކުރުމަށް 700,000 ރުފިޔާގެ އެހީއެއް ދޫކުރުމަށް ނިންމައިފިއެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ، މި އެހީ އަކީ 2025 ވަނަ އަހަރުގެ މާލީ އެހީގެ ތެރެއިން ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރުމަށް ދެވޭ އެހީއެއް ކަމަށެވެ.

މި އެހީ ހޯދުމަށްޓަކައި ރަށު ކައުންސިލުތަކުން އެރަށެއްގެ ކުނި މެނޭޖުކުރުމަށް މިފައިސާ ޚަރަދު ކުރުމަށް ރާވާގޮތުގެ ތަފްސީލީ ޕްރޮޕޯސަލްއެއް ހުށަހަޅަންޖެހޭނެއެވެ.

ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހު ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ކުނި މެނޭޖްކުރުމުގެ ނިޒާމު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.


“މިއީ ހަމައެކަނި ފައިސާގެ އެހީއެއް ނޫން. މިއީ އަޅުގަނޑުމެންގެ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،” އޭނާ ވިދާޅުވިއެވެ.


މިއަހަރުގެ މާލީ އެހީގެ ތެރެއިން އަތޮޅުގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް 680,000 ރުފިޔާގެ އަގުހުރި ޑެންޓަލް ޗެއަރ އެއްވެސް ބ. އަތޮޅު ހޮސްޕިޓަލަށް ދިނުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.