އޭދަފުށީ ފެރީ ޓާމިނަލް ރަސްމީކޮށް ހުޅުވައިފި

އޭދަފުށީ ފެރީ ޓާމިނަލު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ / އޭދަފުށީ ކައުންސިލް

ބ. އޭދަފުށީގައި އަލަށް ތަރައްޤީކުރި ޒަމާނީ ފެރީ ޓާމިނަލް “އޭދަފުށި ގިމަތަ” މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޓާމިނަލް ރަސްމީކޮށް ހުޅުވައިދެއްވީ މެންދުރުފަހު ބޭއްވުނު ރަސްމިއްޔާތެއްގައި އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމެވެ.

މި ޓާމިނަލަކީ ރާއްޖޭގެ އެހެން ރަށްރަށުގައި ހުރި ފެރީ ޓާމިނަލްތަކާ ތަފާތު، ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ ތަނެކެވެ. ދެ ބުރީގެ މި އިމާރާތުގެ ތިރީ ބައިގައި އޮފީސް ބައިގެ އިތުރުން، ދަތުރުވެރިންނަށް ޚާއްޞަކުރެވިފައިވާ މަޑުކޮށްލާ ސަރަހައްދަކާއި ވިޔަފާރި ކުރުމަށް ޚާއްޞަކުރެވިފައިވާ ފިހާރަތައް ހިމެނެއެވެ.

އޭދަފުށީ ފެރީ ޓާމިނަލު — ފޮޓޯ / އޭދަފުށީ ކައުންސިލް

އަދި ދަތުރުވެރިންގެ ފަސޭހައަށް ދެ ފާޚާނާގެ އިތުރުން ޅަދަރިމައިންނަށް ބޭނުންވާ ޚާއްޞަ ޚިދުމަތްތައްވެސް މި ޓާމިނަލުން ލިބެން ހުންނާނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

މީގެއިތުރުން، ޓާމިނަލްގެ މަތީ ބައިގައި ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރާ ރެސްޓޯރަންޓްތަކާއި ކެފޭތައް ހިމެނޭއިރު، މިހާރުވެސް މި ތަންތަނުގެ ބައެއް ސަރަހައްދުތައް ވަނީ ކުއްޔަށް ދޫކޮށްފައެވެ.

“އޭދަފުށި ގިމަތަ” ގެ ބޭރު ސަރަހައްދުގައި ރީތިކޮށް އިންދާފައިވާ ކަދުރު ރުއްތަކާއި، ފިނިވައިޖެހޭގޮތަށް ފަރުމާކޮށްފައިވާ މަޑުކޮށްލާ ސަރަހައްދުތަކަކީ މި ޓާމިނަލްގެ ޚާއްޞަ ސިފައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.