ބީސީ ނެޓްބޯޅަ ޗެލެންޖްގެ ޗެމްޕިއަންކަން ކައްރާޅު ޓީމަށް

މުބާރާތުގެ ޗެންޕިއަން ކައްރާޅު ޓީމް
މުބާރާތުގެ ޗެންޕިއަން ކައްރާޅު ޓީމް

ބ. ދަރަވަންދޫ ބީސީ ރެކްރިއޭޝަން ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކައްރާޅު ޓީމު ހޯދައިފި އެވެ.

އެ ޓީމު މުބާރާތް ކާމިޔާބުކުރީ މިއަދު ހަވީރު ކުޅުނު ފައިނަލުގައި ޔަންގް ސްޓާ ޓީމާ ވާދަކޮށް 16-12 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކައްރާޅު ޓީމުގެ އަޝްރާ އަމްޖަދު ޔޫސުފް އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކައްރާޅު ޓީމުގެ ފާތިމަތު މާޒިނާ އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ މާޒިނާ އާއި އަޝްރާގެ އިތުރުން ޖީހާން ސައީދު އާއި ޔަންގް ސްޓާގެ ސުހާ މުހައްމަދު ނަސީމު އާއި ޓީމު ދަރަވަންދޫ އެއާޕޯޓްގެ ޝިއުރާ ތައުފީގު އާއި ނިއު ޖަނަރޭޝަންގެ ފާތުމަތު މަހާ މުސްތަފާ އާއި ފުންމާކޯގެ އައިޝަތު މުނީޒާ އެވެ.

މި މުބާރާތަކީ ދަރަވަންދޫ ބީސީ ރެކްރިއޭޝަނުން ބުނި ގޮތުގައި އެރަށުގައި ނެޓްބޯޅައިގެ މަގުބޫލުކަން އިތުރުކުރުމާއި، ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ އިތުރުން ނެޓްބޯޅައިގެ ވާދަވެރިކަމާއި ރޫހު އާލާކުރުމުގެ މަގުސަދުގައި ބޭއްވި މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.