ދީނީ ޚާއްސަ ދަރުސްތަކެއް މާދަމާ އޭދަފުށީގައި

އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގުޅިގެން، މާދަމާ އޭދަފުށީގައި ޚާއްސަ ދީނީ ދަރުސްތަކެއް ބޭއްވަން ނިންމައިފި އެވެ.

މި ދަރުސްތައް ދެއްވުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ދީނީ ޢިލްމުވެރިންކަމުގައިވާ އައްޝައިޚް މުޖުތަބާ ޙަމީދާއި އައްޝައިޚް ޙާތިމް ޔޫސުފެވެ.

މިއަހަރުގެ މިސްކިތު ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އަސުރު ނަމާދަށްފަހު މަސްޖިދުއް ސުލްޠާން މުޙައްމަދު މުޢީނުއްދީނާއި މަސްޖިދުލް ޔޫސުފް، މި ދެ މިސްކިތުގައެވެ. މީގެ އިތުރުން، އާންމުކޮށް ހުޅުވާލެވިގެން ބާއްވާ “ބޮޑު ދަރުސް” މާދަމާރޭ 21:30 ގައި އޭދަފުށީ ބޮޑު ސްޓޭޖް ސަރަޙައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަރުސް ސިލްސިލާއަކީ 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހު “އޭދަފުށީ ބޮޑު ދަރުސް” ގެ ނަމުގައި ވެލާ ސްޕޯޓްސް ކުލަބުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ދަރުސް ސިލްސިލާ ކާމިޔާބުކޮށް ކުރިއަށް ގެންދިއުމަށް ޑަބްލިއުޑީސީ އާއި، ބ. އަތޮޅު ކައުންސިލް އަދި އޭދަފުށީ ކައުންސިލުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ވެލާ ސްޕޯޓްސް ކުލަބުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.

ރަމަޟާންމަހުގެ ބަރަކާތުން ފައިދާކުރަނިވި މި ދީނީ ޕްރޮގްރާމްގައި ބައިވެރިވުމަށް ރަށުގެ އެންމެހައި ރައްޔިތުންނަށް ވެލާ ސްޕޯސް ކްލަބުންނާއި ޑަބްލިއުޑީސީން ދައުވަތު އަރުވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.