
މި އަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް މި ފަހަރު އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ބާއްވާ ގޮތަށް ކައުންސިލުން ހަމަޖައްސައިފި އެވެ.
މީގެ ހައެއްކަ އަހަރު ކުރިން ފެށިގެން އޭދަފުށީގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަމުން އައީ ކުރީގެ ފުޓްބޯޅަ ދަނޑު (ވެލި ދަނޑު)ގަ އެވެ.
އީދު ނަމާދު ފަށާނީ ހެނދުނު 7:00 ގަ އެވެ.
ކައުންސިލުން ބުނީ ބޮޑު ޖަމާއަތުގައި ސްޓޭޑިއަމުގައި އީދު ނަމާދު ކުރާގޮތަށް ހަމަޖައްސާފައިވީ ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ކެންސަލްވެއްޖެ ނަމަ ނަމާދު ކުރާނީ މިސްކިތްތަކުގައި ކަމަށެވެ.
އީދު ނަމާދަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލަ ގެންދިނުމަށް ކައުންސިލުން ހަނދާންކޮށްދެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަށް ވަނީ އަންނަ ހޯމަ ދުވަހެވެ.

