އޭދަފުށި ފުޓްސަލް: އަފްރޯ އާއި ސީސީން މުބާރާތް ފެށީ ތަފާތު ބޮޑު ނަތީޖާއަކުން

އަފްރޯގެ ފާއްޓެ ބޯޅަ ހިފައިގެން ދަނީ. ރޭގެ މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި. ފޮޓޯ: ކްލިކް ގްރަފީ

އޭދަފުށި ކައުންސިލުން އިންތިޒާމްކޮށްގެން ރޭ ފެށި އޭދަފުށި ފުޓްސަލް ކަޕްގައި ތަފާތު ބޮޑު ނަތީޖާއަކުން އެންމެފަހުގެ ޗެމްޕިއަން އަފްރޯ ސްޕޯޓްސް ކްލަބާއި އެޓިމާ ވާދަވެރި ސީސީ މޮޅުވެއްޖެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގައި ހިމެނޭ އަފްރޯ ސްޕޯޓްސް ކްލަބާއި ކައްކަނީ ސްޕޯޓްސް ކްލަބް ކުޅުނު މެޗު އަފްރޯއިން ކާމިޔާބުކުރީ 0-7 އިންނެވެ.

މި މެޗުގައި އަފްރޯގެ ފަރާތުން މުހައްމަދު ފާސިރު (ފާއްޓެ) އާއި ހުސައިން ޝަރީފް (މުޑާ) ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަހައި، މުހައްމަދު ސާދު ނިޒާރު، އުނައިޝް ޒުބައިރު އަދި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެއް ގޯލު ޖަހައިފިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފާއްޓެއެވެ.

ސީސީގެ ޕަބް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފުރަތަމަ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި. ފޮޓޯ: ކްލިކް ގްރަފީ

ގްރޫޕް ބީގެ ސީސީން މުބާރާތުގެ ފެށުން ރަނގަޅު ކުރީ އެފްސީ ދުންތަރިއާ ވާދަކޮށް 0-9 އިން މޮޅުވެގެންނެވެ.

ސީސީގެ ފަރާތުން އިމްތިސާލް އަބްދުއްރަހީމް (ޕަބް) ހަތަރު ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއެވެ. އަލީ ނަސީމް (ދިއްލި)، މުއާޒް އަލީ އަދި އަލީ ހާފިޒް (ހާއްޕެ) ވެސް ވަނީ ގޯލު ޖަހައިފައެވެ.

އޯލް ވުލްވްސް އިން ކޭބަލް ބްރަދާސް ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: ކްލިކް ގްރަފީ

މުބާރާތުގެ ގްރޫޕް އޭގެ އަނެއް މެޗުގައި އޯލް ވުލްވްސް ވަނީ ކޭބަލް ބްރަދާސް 4-2 އިން ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މުހައްމަދު އަބާން އެވެ.

12 ޓީމު ވާދަކުރާ މި މުބާރާތުގައި މިރޭ ހަތަރު މެޗު ކުޅޭއިރު، އެންމެ ފާހަގަކޮށްލެވޭ މެޗަކީ 9:30 ގައި ކުޅޭ އަފްރޯ އާއި އޯލް ވުލްވްސްގެ މެޗެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.